logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ އަކީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އެދޭ ބައެއް ނަމަ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިވާނެ: ސިނާން

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ސެޕްޓެމްބަރު 2025 - 16:59
އެމްޑީޕީން ރާއްޖޭގެ ތަރައްގީއަށް އެދޭ ނަމަ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިވާނެ: ސިނާން

އެމްޑީޕީ އަކީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އެދޭ ބައެއް ނަމަ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިވީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ލިބުނު ދައުވަތު ގަބޫލުނުކޮށް، އެއްބާރުލުން ނުދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާއި ގުޅިގެން މެމްބަރު ސިނާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އިން ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ލިބުނު ދައުވަތު ގަބޫލު ކުރުމާއި ނުކުރުމަކީ އެ ޕާޓީގެ ކަމެއް ކަމަށެވެ.

"ހަމަ ގައިމުވެސް ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އެދޭ ބައެއް ނަމަ މި ގައުމީ މަސައްކަތުގައި ބައިވެރިވީސް. ބޮޑެތި ނޫސް ބަޔާން ނެރިގެން ބައިވެރި ނުވާނަމޭ ބުނުމުން ދޭހަވަނީ ތީ ގައުމީ ލޯބި ހުރި ބައެއްނޫން ކަން. އަމިއްލަ އެދުމުން ފޯވެފަ ތިބި ބައެއްކަން،" މެންބަރު ސިނާން ވިދާޅުވިއެވެ.

ސިނާން އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރު ދިވެހި ރައްޔިތުން އެމްޑީޕީ ވެރިކަމުން ބޭރުކުރީވެސް މިކަން ދިވެހިންނަށް ސާފުވުމުން ކަމަށެވެ. އަދި މި ގައުމީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތުގައި ކޮޅުފައިން ޖަހައިފިނަމަ، ގައުމު އިތުރަށް ފަސާދަކުރަން ނޫޅުމަށާއި، ރައްޔިތުން އެ ފުރުސަތެއް ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީޚަބަރު | 6 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގަ، ކުރިމަތިލާން މާދަމާ ހުޅުވާލަނީޚަބަރު | 2 ދުވަސް ކުރިންޚަރަދުކުޑަކޮށް އެތައް މަޝްރޫޢެއް ހިންގާތީ އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން: ސިނާންޚަބަރު | 6 މަސް ކުރިންއެމްޑީޕީން ރާއްޖޭގެ ތަރައްގީއަށް އެދޭ ނަމަ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިވާނެ: ސިނާންޚަބަރު | 7 މަސް ކުރިން