ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޓިކެޓް ސިނާންއަށް
25 އޭޕްރީލު 2026 - 13:24

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ވާދަކުރުމަށް ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އެ ދާއިރާގެ މެންބަރުކަން ކުރިންވެސް އަދާކުރެއްވި މުހައްމަދު ސިނާނު ކާމިޔާބު ކުރައްވައިފިއެވެ.
ޕީއެންސީއިން މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވާދަކޮށްފައިވަނީ ސިނާނުގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ. ސިނާން ޕްރައިމަރީ ކާމިޔާބު ކުރީ، 39 ވޯޓުގެ ތަފާތުންނެވެ. ސިނާންއަށް ޖުމުލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަޢީދުއަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

Ad by Hajj Corporation
އެމްޑީޕީއިން އެ ދާއިރާއަށް ވާދަކުރީ، އެ ޕާޓީއިން ޕްރައިމަރީގައި ކުރިމަތިމަތިލި ހަމައެކަނި މެންބަރު، ޢަބްދުﷲ ޞާދިޤެވެ.
ޖުމުލަ 422 މީހުން ވޯޓުލިއިރު އެއީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބުނު މީހުންގެ %58 މީހުންނެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ، މިއަދު ހެނދުނު 09:00އިން ހަވީރު 04:00އާއި ހަމައަށެވެ.މާލޭގެ ފޮއްޓަށް 103 މީހުން އަދި އައްޑޫ ސިޓީގައި ބެހެއްޓި ފޮއްޓަށް 319 މީހުން ވޯޓުލާފައިވެއެވެ.


