logo
Bank of Maldives

Bank of Maldives

ޚަބަރު

އޯގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ބޭރުކުރި

އާމިނަތު ޝަފާ
8 ސެޕްޓެމްބަރު 2025 - 05:22
އޯގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ  ބޭރުކުރި

އޯގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ބޭރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޯގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ބޭރުކޮށްފައިވެއެވެ. މިއީ 77 ޓީޔޫސްގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯގެ އަދަދެވެ. އޮގަސްޓް މަހު 9 އެއަރލައިނަކުން ރާއްޖެއިން ބޭރަށް ކާގޯ ފޮނުވާފައިވާއިރު 18 ގައުމަކަށް މުދާ ފޮނުވާފައިވާކަމަށް އެމްޕީއެލްގެ ހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޯގަސްޓުމަގު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވާފައިވާ ގައުމުތައް:

ގްރީސް

އިޓަލީ

އިނގިރޭސިވިލާތް
ފަލަސްތީން
ބެލްޖިއަމް
ޑެންމާކް
ސްވިޑެން
ޕޯޗުގަލް
ކޮސޯވޯ
ތުރުކީ
އޮސްޓްރިއާ
ޗެކް ރިޕަބްލިކް
އަޔަލޭންޑް
އެމެރިކާ
ޖަރުމަނުވިލާތް
ނެދަލޭންޑްސް
ފްރާންސް
ކެނެޑާ

އޯގަސްޓުމަގު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވާފައިވާ އެއާލައިންތައް:

ވަރޖިން އެޓްލާންޓިކް
ލުފްތަންސާ

އިއްތިހާދު އެއަރވޭސް

ގަތަރު އެއަރވޭސް
ޓާކިޝް އެއަރލައިން
އައިޓީއޭ އެއަރވޭސް

އަޒަރުބައިޖާން އެއަރލައިން
ސައުދީ އެއަރލައިން
ސްވިސް އެއަރލައިން


މި ހިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ހިދުމަތެކެވެ.

މި ހިދުމަތް ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އެ ގޮތުން ހިދުމަތް ފުރަތަމަ ފެށީ ޓާކިޝް އެއާލައިންއާއެކުގަ އެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް އާންމުކޮށް ރާއްޖެއިން ބޭރުކުރަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިގުތިސާދަށް އެތައް މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހިދުމަތައް އެއް އަހަރު ވީއިރު ދެ މިލިޔަން ކިލޯގެ ކާގޯ ވަނީ އުފުލާފަ އެވެ.

މި ހިދުމަތުގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގައި އަވަސް އަދި ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޯގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ބޭރުކުރިޚަބަރު | 10 ދުވަސް ކުރިންއިހަވަންދޫގައި ޑޮކްޔާޑެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި ޚަބަރު | 9 މަސް ކުރިން