logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިޓަލީން އަންހެނުންގެ ވޯލްޑް ވޮލީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
8 ސެޕްޓެމްބަރު 2025 - 06:23
އިޓަލީން އަންހެނުންގެ ވޯލްޑް ވޮލީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ތައިލެންޑްގައި ބޭއްވުނު 2025 ވަނަ އަހަރުގެ އެފްއައިވީބީ އަންހެނުންގެ ވޮލީބޯޅަ ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އޮލިމްޕިކް ޗެމްޕިއަނުން ކަމުގައިވާ އިޓަލީން ތުރުކީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހު ކުޅުނު ފައިނަލް މެޗުގައި އިޓަލީން ތުރުކީ ބަލިކުރީ ފަސް ސެޓުން 3-2 (25-23، 13-25، 26-24، 19-25، 15-8) ގެ ނަތީޖާއަކުންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ދެ ޤައުމު ދެމެދު ކުޅުނު ވާދަވެރި މެޗެއްގައި އިޓަލީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓައި-ބްރޭކް ސެޓުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާމިޔާބީއާއެކު އިޓަލީން ވޭތުވެދިޔަ އަހަރާއި ބައިގެ ތެރޭގައި ވޮލީބޯޅައިގެ އެންމެ ބޮޑެތި ހަތަރު މުބާރާތް ކާމިޔާބުކޮށްފައިވެއެވެ. އެއީ އޮލިމްޕިކް ރަން މެޑަލް، ވޮލީބޯޅަ ނޭޝަންސް ލީގް، ވޯލްޑް ޗެމްޕިއަންޝިޕް އަދި ވީއެންއެލްގެ ޗެމްޕިއަންކަމެވެ.

ތުރުކީއަށް މި މުބާރާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބުނު ނަމަވެސް، އިޓަލީން އެ ފުރުސަތު ނަގާލިއެވެ. އިޓަލީއަށް މިއީ 2002 ގައި ހޯދި ޗެމްޕިއަންކަމަށްފަހު ދެވަނަ ފަހަރަށް ހޯދި ވޯލްޑް ޗެމްޕިއަންޝިޕެވެ. އަދި ވޭތުވެދިޔަ ތިން ފައިނަލްގައިވެސް އިޓަލީ ވަނީ ކުޅެފައެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ތުރުކީގެ މެލިސާ ވަރގަސް ފާހަގަކުރެވުނެވެ. އޭނާ 33 ޕޮއިންޓް ހޯދިއެވެ. އޭގެ ތެރޭގައި 28 ކިލްސް، 4 އޭސް އަދި އެއް ބްލޮކް ހިމެނެއެވެ. އިޓަލީގެ ފަރާތުން ޕައޯލާ އެގޮނޫ 22 ޕޮއިންޓް ހޯދިއިރު، މިރިއަމް ސިއްލާ 19 ޕޮއިންޓް ހޯދިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަންހެން ވޮލީ ކުޅުންތެރިންނަށް އެސޯސިއޭޝަންގެ ރައީސްގެ ފަރާތުން ބޮޑު ހިތްވަރެއްކުޅިވަރު | 2 މަސް ކުރިންކާވާ ކަޕްގައި އަފްގާނިސްތާން ބަލިކޮށް ރާއްޖެއިން ދެވަނަ މޮޅު ހޯދައިފިކުޅިވަރު | 3 މަސް ކުރިންކާވާ ވިމެންސް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ސީދާ ތިންސެޓުން ބަންގްލަދޭޝް ބަލިކޮށްފިކުޅިވަރު | 3 މަސް ކުރިންއޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 5 މަސް ކުރިން