logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2025 - 16:14
ދީމާގެ އަޒްކާ މެޗު ކާމިޔާބު ކުރުމަށްފަހު، ފޮޓޯ: އޮލިމްޕިކް ކޮމެޓީ
ދީމާގެ އަޒްކާ މެޗު ކާމިޔާބު ކުރުމަށްފަހު، ފޮޓޯ: އޮލިމްޕިކް ކޮމެޓީ

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗްވޮލީ އިވެންޓްގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިގުދީ ކުޅުނު ދެވަނަ މެޗުގައި މޮންގޯލިއާވެސް ބަލިކޮށް، ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

މިކާމިޔާބީއާއެކު ރާއްޖެއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންކުރުމަށް ބޭނުންވަނީ އިތުރު އެންމެ މޮޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި މިރޭ ކުރިއަށްދިޔަ މިމެޗުގައި ދީމާއާއި އަޒްކާ ވާދަކުރީ މޮންގޯލިއާގެ ނަންދިނާރްޑޭން ނަރަންބަޓާރާއި ސެލްމޫން އެލްބެގެޔާރާ ދެކޮޅަށެވެ. މޮޅު ކުޅުމެއް ދައްކައި، ރާއްޖެގެ ޕެއާއިން މިމެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

މިހާތަނަށް ގޭމްސްގެ ގްރޫޕް ބީގައި ކުޅުނު ދެމެޗުންވެސް ދީމާއާއި އަޒްކާގެ ޕެއާއިން ވަނީ މޮޅުވެފައެވެ. އެންމެ ފުރަތަމަ މެޗުގައި ދީމާއާއި އަޒްކާ ވަނީ ހޯސްޓް ބަހްރެއިން ބަލިކޮށްފައެވެ. ގްރޫޕް ބީގައި ހަ ގައުމަކުން ވާދަކުރާ އިރު، އިތުރު އެއް މޮޅާއެކު ރާއްޖޭގެ ޕެއާއަށް ކުއާޓާ ޔަގީންކުރެވޭނެއެވެ.

މެޗުގެ ފުރަތަމަ ސެޓުގައިވެސް ދީމާއާއި އަޒްކާ ފެނުނީ ތަފާތު ކޮށެވެ. ހާއްސަކޮށް ރާއްޖެގެ ޕެއާއިން ރަނގަޅު ސާވިސްތަކެއް ކޮށް، އެ ސެޓު ގެންދިޔައީ 21-17 އިންނެވެ. ދެވަނަ ސެޓުގައިވެސް ރާއްޖޭގެ ޕެއާއިން މޮޅަށް ކުޅެ، ލީޑުގައިވެސް އޮތް ނަމަވެސް، އެ ސެޓު ފަހުވަގުތު ގެއްލުނީ 21-18 އިންނެވެ. ދެވަނަ ސެޓު ގެއްލުނު ނަމަވެސް، ޓައި ބްރޭކް ސެޓުގައި ރާއްޖޭގެ ޕެއާ ފެނުނީ ޔަގީންކަމާއެކު ކުޅުނުތަނެވެ. ރަނގަޅު ރޫހެއްގައި ކުޅެ، ދީމާއާއި އަޒްކާ ފަހު ސެޓު ކާމިޔާބުކުރީ ބޮޑު ތަފާތަކުން 15-3 ގެ ސްކޯއަކުންނެވެ.

ބީޗްވޮލީ އަންހެން ޕެއާއަށް މިރޭ އިތުރު މެޗެއް އޮންނާނެއެވެ. އެމެޗުގައި ބައްދަލުކުރާނީ ގޭމްސްގައި އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އިންޑޮނޭޝިއާގެ ޕެއާއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 10:00 ގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 14 ގަޑިއިރު ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | 24 ދުވަސް ކުރިންބަލްގޭރިއާ އިން ޔޫއެސްއާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ސެމީފައިނަލަށް ގޮސްފިކުޅިވަރު | މަހެއް ކުރިންއިރާން ބަލިކޮށް ޗެކިއާ ސެމީފައިނަލަށްކުޅިވަރު | މަހެއް ކުރިން