logo
Bank of Maldives

Bank of Maldives

ޚަބަރު

މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި

އައިމިނަތު މޫސާ
8 ސެޕްޓެމްބަރު 2025 - 12:20
މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި

އަރިއަތޮޅު އުތުރުބުރީ މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ, ފެރިދޫގެ ތަރައްގީގެ މުސްތަގްބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އަރިއަތޮޅު އުތުރުބުރީ މާފަރު ފަޅަކީ އެ އަތޮޅު ފެރިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ނިންމެވުމާއެކު އެމަނިކުފާނު މިއަދު ނެރުއްވި، ޤަރާރުން ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާއި ގުޅޭ އިޞްލާޙުކުރައްވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު އިތުރުކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށްޚަބަރު | 14 ގަޑިއިރު ކުރިންއެހެން ފިކުރުތަކުން ވެރިކަން ކުރި ކޮންމެ ފަހަރަކު އިސްކުރީ ފަނާކުރުވަނިވި އަމަލުތައް: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންމިސަރުކާރުން 1.3 ބިލިއަން ޑޮލަރު ދައްކައިފިން: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވައިފިޚަބަރު | 16 ގަޑިއިރު ކުރިން