logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމު ހަލަބޮލިކުރަން އުޅޭ އެމްޑީޕީ ދޫކޮށްލެއްވި މަހްލޫފްގެ އުންމީދަކީ އައު ދަތުރު ކާމިޔާބުވުން

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2025 - 08:29
މަހްލޫފް
މަހްލޫފް

އެމްޑީޕީން ވަކިވެވަޑައިގެން ފައްޓަވާ އައު ދަތުރަކީ ކާމިޔާބު ދަތުރަކަށްވުމަކީ އުންމީދުކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އެމްޑީޕީއިން ވަކިވެވަޑައިގެންފައިވާ މަހްލޫފް މި ސަރުކާރާއި ގުޅެން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެއީ މި ސަރުކާރުގެ ޚިދުމަތްތައް ބަލައިގަނެ އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވެސް ގައުމީ ޚިދުމަތަށް މި ސަރުކާރަށް އެއްބާރުލުންދޭން ފެށުންކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އަދި މަހްލޫފް ފަދަ ކުރީގެ މިނިސްޓަރުކަމާއި، މަޖިލިސް މެމްބަރުކަން ކުރަށްވާފައިވާ ހައި-ލެވެލް ޕޮލިޓީޝަނެއް އެމްޑީޕީ ދޫކޮށްލާނީ އެ ޕާޓީއާއި މެދު އުންމީދު ނެތުމުންކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީން މުޅި ގައުމު ހަލަބޮލިކުރަން މަސައްކަތް ފަށާފައިވަނިކޮށް، އެ ޕާޓީދޫކޮށްލެއްވި މަހްލޫފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ  2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

މަހްލޫފް އިތުރަށް ފާހަގަކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު އެހީތެރިވެދެއްވި އެންމެހާ ޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

"2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެއެވެ. އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައިވެރިކަމެކެވެ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕޯޑިއަމްތަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރު ވެފައިވާއިރު، އެމްޑީޕީން ވަކިވުމުގެ ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް އެކަން އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

މަހްލޫފްގެ ދުޢާއަކީ މިފަށާ އައު ދަތުރަކީ ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ދަތުރަކަށް ވުން ކަމަށް ވިދާޅުވެފައިވެއެވެ.

މަހްލޫފް މި ސަރުކާރާއި ގުޅިވަޑައިގެންފިނަމަ އެކަމުން ދޭހަވަނީ މި ސަރުކާރަށް އޮތް ތާއީދާއި، ކުރިމަގުގެ އުންމީދު ބޮޑުކަމެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީއަކުން އަމިއްލައަށް ވަކިވި މިއީ ފުރަތަމަ ފަހަރު، އެނބުރި މިއައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަޙްލޫފްޚަބަރު | 4 ގަޑިއިރު ކުރިންވޭޕް މަނާކޮށް ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުގެ އެންމެ ހަރުދަނާ އެއްނިންމުން: މަހްލޫފްޚަބަރު | 2 މަސް ކުރިންގައުމު ހަލަބޮލިކުރަން އުޅޭ އެމްޑީޕީ ދޫކޮށްލެއްވި މަހްލޫފްގެ އުންމީދަކީ އައު ދަތުރު ކާމިޔާބުވުންޚަބަރު | 2 މަސް ކުރިން