logo
Bank of Maldives

Bank of Maldives

ޚަބަރު

އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓުވީ ރައީސްގެ ދަރިކަލަކަށް ވީތީއެއް ނޫން، އެއީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ: މަހްލޫފް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ފެބްރުއަރީ 2026 - 05:29
އުމައިރު 2024 ވަނަ އަހަރުގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުން އެއްވަނަ ހޯދައި އެހެން ވަނަތައް ހޯދި ކުދިންނާއެކު،
އުމައިރު 2024 ވަނަ އަހަރުގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުން އެއްވަނަ ހޯދައި އެހެން ވަނަތައް ހޯދި ކުދިންނާއެކު،

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި، އެއީ އޭނާ އެންމެ ކުޑައިރުން ފެށިގެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި މަހްލޫފް މިފަދައިން ވިދާޅުވީ މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. މަހްލޫފް ފާހަގަކުރެއްވި ގޮތުގައި އުމައިރަކީ ޓޭބަލް ޓެނިސް (ޓީޓީ) އިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަން ވަނަތަކެއް ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަހްލޫފް ވިދާޅުވީ އުމައިރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓުވީ 2024 ވަނަ އަހަރު އޭނާ ހޯދި ކާމިޔާބީތަކުގެ ސަބަބުން ކަމަށެވެ. އަދި އުމައިރަކީ އެމްޑީޕީގެ ސަރުކާރުގައި ހިންގި 'އަރުތަ' ޕްރޮގްރާމުގައި ވެސް ހިމެނުނު ހުނަރުވެރި އެތުލީޓެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ،" މަހްލޫފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އެކަންކަން ސިޔާސީ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ ޒުވާން ކުޅުންތެރިޔާގެ ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ.

މިއީ އެ އެސޯސިއޭޝަނުން ކުޅުންތެރިންގެ ކާމިޔާބީތަކަށް ބަލައި އާންމު އުސޫލުގެ ތެރެއިން ކޮށްފައިވާ ނޮމިނޭޝަނެއްކަން ވެސް މަހްލޫފްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަގީގަތަކީ އެމްޑީޕީން އުފާފާޅުކުރަން ތިއްބާ، 581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހުލޫފްޚަބަރު | 4 ދުވަސް ކުރިންލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފްޚަބަރު | 4 ދުވަސް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | މަހެއް ކުރިން''އުމައިރު އެވޯޑަށް ނޮމިނޭޓުވީ ރައީސްގެ ދަރިކަލަކަށް ވީތީއެއް ނޫން، އެއީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ''ޚަބަރު | 2 މަސް ކުރިން