logo
MPL

MPL

ޚަބަރު

ހަގީގަތަކީ އެމްޑީޕީން އުފާފާޅުކުރަން ތިއްބާ، 581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހުލޫފް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޭޕްރީލު 2026 - 16:35
Screenshot
Screenshot

އިދިކޮޅު އެމްޑީޕީން އިންތިޚާބު ކާމިޔާބުވީކަމަށް ބަލައި އުފާފާޅުކުރަން ތިއްބާ، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާއިން މުޅި އިންތިޚާބު ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީން ކަމަށް ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ، ރެފްރީ ކަށިގަނޑު ފުމެލުމުގެ ކުރިން ބައެއްފަހަރު ކުޅުންތެރިން އުފާފާޅުކުރަން ތިއްބާ، މެޗުން މޮޅުވެގެން ފައިބަނީ އަނެއް ޓީމު ކަމަށާއި، މިފަހަރުގެ އިންތިޚާބުގައި ކަންތައް ވެގެންދިޔައީ އެފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން އެއްބަޔަކު މާކުރިން އުފާފާޅުކުރަން ތިއްބާ، ރަސްމީ ނަތީޖާއާއެކު 581 ގޮނޑި ކާމިޔާބުކުރީ ޕީއެންސީން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެއީ އަޅުގަނޑު ނޫނީ ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. އެއީ ރަސްމީ ނަތީޖާއެވެ. ގަބޫލުކުރަން ބޭނުންވިޔަސް އަދި ނުވިޔަސް މިހަގީގަތް އަދި ނަތީޖާ ބަދަލެއް ނުވާނެއެވެ،" މަހުލޫފް ވިދާޅުވިއެވެ.

 

View post on Twitter

 

މަހުލޫފް އިތުރަށް ވިދާޅުވީ، މިއީ ޕީއެންސީން އެންމެ އުންމީދުކުރި ނަތީޖާ ނޫން ކަމަށާއި، އެ ޕާޓީން މަސައްކަތްކުރީ މިއަށްވުރެވެސް ރަނގަޅު ނަތީޖާއަކަށް ކަމަށެވެ. އަދި ޕީއެންސީއަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުވިޔަސް، ސަރުކާރުން ބަދަލުތަކެއް ގެންނަވަނީ 2028 ވަނަ އަހަރަށް ޓީމުތައް ރުކުރުވާލައި، މި ނަތީޖާގެ އަލީގައި މަސައްކަތް ފަށައިގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަހުލޫފް ވަނީ ޕީއެންސީގެ މެންބަރުން ހޯއްދެވި މި ކާމިޔާބީއަށްޓަކައި މަރުހަބާ ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 5 ދުވަސް ކުރިންރަސްމާލެ މަޝްރޫއަށް ހުރަސްއަޅަނީ 2028 ގެ އިންތިހާބު ރައީސް ކާމިޔާބު ކުރައްވާނެތީ ބިރުން: މަހްލޫފްޚަބަރު | 5 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 9 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 10 ދުވަސް ކުރިން