logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޭޕްރީލު 2026 - 06:41
މަހްލޫފް ޕީއެންސީގެ ކެމްޕޭންގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑަައިގަންނަވަނީ، ފޮޓޯ: ޕީއެންސީ
މަހްލޫފް ޕީއެންސީގެ ކެމްޕޭންގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑަައިގަންނަވަނީ، ފޮޓޯ: ޕީއެންސީ

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބު ކުރީ ވެރިކަންކުރާ ޕީއެންސީންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިފަދައިން ވިދާޅުވީ ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަހްލޫފްގެ ޕޯސްޓްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު 581 ގޮނޑި އާއިއެކު ކާމިޔާބުކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ޕީއެންސީގެ މެންބަރުންނާއި ވޯޓު ދެއްވި ރައްޔިތުންނަށްވެސް އޭނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އިންތިޚާބުގެ ނަތީޖާ ހިއްސާކުރައްވަމުން މަހްލޫފް ވިދާޅުވި ގޮތުގައި، ޕީއެންސީން 581 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެމްޑީޕީއަށް ލިބިފައިވަނީ 562 ގޮނޑިއެވެ. މީގެ އިތުރުން އެމްޑީއޭ އިން 24 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި އަދާލަތު ޕާޓީން 6 ގޮނޑި ކާމިޔާބުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އާދެ، ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރީ PNC އިންނެވެ." މަހްލޫފް ވިދާޅުވެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | 7 ދުވަސް ކުރިންޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފަށައިފިޚަބަރު | 25 ދުވަސް ކުރިންޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެޚަބަރު | މަހެއް ކުރިން