logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލަންކާ ބަލިކޮށް ރާއްޖެއިން ސައުތް އޭޝިއަން ސުުޕަކަޕް އުފުލާލައިފި

އަބްދުﷲ ޣާނިމް
9 ސެޕްޓެމްބަރު 2025 - 14:02
ލަންކާ ބަލިކޮށް ރާއްޖެއިން ސައުތް އޭޝިއަން ސުުޕަކަޕް އުފުލާލައިފި

ސްރީލަންކާއި ކުރިޔަށް ގެންދާ ސައުތް އޭޝިއަން ސުޕަ ކަޕް ދެމެޗުގެ އެގްރިގޭޓުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ކާމިޔާބުކޮށްފިއެވެ.

ސްރީލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިސްނަގަގެން ސައުތް އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން އިންތިޒާމްކުރި މިމުބާރާތުގެ މިއަހަރުގެ އެޑިޝަންގައި ވާދަކޮށްފައިވަނީ ދެޓީމެވެ. އެހެންކަމުން މިއަހަރުގެ މިމުބާރާތުގެ ޗެންޕިއަންޓީމު ކަނޑައަޅަންޖެހުނީ ދެލެގު ކުޅެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމުބާރާޓުގެ ފުރަތަމަ ލެގު މިމަހުގެ 6 ވަނަ ދުވަހުގައި ލަންކާގައި ކުޅެފައިވާއިރު، އެމެޗު ރާއްޖެ ކާމިޔާބުކުރީ 3-0 އިންނެވެ. މުބާރާތުގެ ދެވަނަ ލެގު މިއަދު ހަވީރު ކުޅެފައިވާއިރު މެޗުގެ 90 މިނެޓު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ރާއްޖެއިންނެވެ. މި ގޯލުޖަހާފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައި ނާއިޒް ހަސަން އެވެ. މި ގޯލާއެކު ލަންކާއިން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން މެޗުގެ 92 ވަނަ މިނެޓުގައި ލަންކާގެ އޮލިވަރ ކެލާރޓް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުގައި ރާއްޖޭގެ ކީޕަރު ފައިސަލްގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެންގޮސްފައެވެ.

މިމެޗު އެއްވަރުވިނަމަވެސް ރާއްޖެއަށް ކުރިލިބެނީ ދެމެޗުގެ އެގްރިގޭޓުންނެވެ.

މިއީ 2008 ވަނަ އަހަރުގައި ސާފް ޗެންޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި އެސިސްޓެންޓް ކޯޗެއްގެ ދައުރު އަދާކުރި މުޙައްމަދު ޝިޔާޒް (މޯހަން) މިދިޔަމަހު ރާއްޖޭގެ ޤައުމީޓީމާއި ހަވާލުވިފަހުން ކުޅުނު ދެވަނަ މެޗެވެ. މި މޮޅާއެކު ފާއިތުވެދިޔަ 23 އަހަރުތެރޭގައި ލަންކާގެ ޤައުމީ ޓީމަށް ރާއްޖެއަތުން މޮޅެއް ލިބިފައެއް ނުވެއެވެ.

މިމޮޅަކީ ކުރިޔަށް އޮތް އޭސިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އިތުރަށް ކުރިޔަށް ދިޔުމަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ. އެގިތުން އަންނަ މަހުގެ 9 ވަނަ ދުވަހު ރާއްޖޭގައި ތަޖިކިސްތާނާއި ދެކޮޅަށް ކުޅޭއިރު، އަންނަ މަހުގެ 16 ގައި ތަޖިކިސްތާނުގައި ދެވަނަ މެޗު ކުޅެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށާއި ގައުމީ ފުޓްބޯޅަ ޓީމަށް 1 މިލިއަން ރުފިޔާ ދެއްވަނީޚަބަރު | 10 ދުވަސް ކުރިންގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އައިސްފިކުޅިވަރު | 18 ދުވަސް ކުރިންގައުމީ ޓީމުގެ ކޯޗުކަމަށް ތިންވަނަ ފަހަރަށް އުރުބާނީކުޅިވަރު | މަހެއް ކުރިންރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެންފެށިތާ 75 އަހަރު ފާހަގަކުރަން މުބާރާތެއް ބާއްވަނީކުޅިވަރު | މަހެއް ކުރިން