logo
Bank of Maldives

Bank of Maldives

ޚަބަރު

ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ހަރަކާތްތެރިވީ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން

އާމިނަތު ޝަފާ
10 ސެޕްޓެމްބަރު 2025 - 05:28
ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ހަރަކާތްތެރިވީ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރިވީ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މައުލޫމާތުދީފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

 އެ ސެންޓަރުގައިފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަން ޓީމެއް އިއްޔެ ހަރަކާތްތެރިވެފައިވާއިރު ހޯމް މިނިސްޓްރީން ބުނީ މި އޮޕަރޭޝަނަކީ އެ ސެންޓަރުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަނުގައި މައްސަލައާ ގުޅުންހުރި އެއްޗެއް ފެނިފައިނުވާކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މައުލޫމާތުދީފައިވާކަމަށް ހޯމް މިނިސްޓްރީން މައުލުމާތުދެެެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިންމަފުށީގައި ހުންނަ އެ ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބައިތިއްބައިގެން އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ކަންކަމާ ބެހޭ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ އަރުތަ ޕްރޮގްރާމު ނިންމާލައިފިޚަބަރު | 3 ގަޑިއިރު ކުރިންފުލުހުންގެ އިދާރާ ހިންގުން ފަރުހާދު ފިކުރީ އާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިންހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ހަރަކާތްތެރިވީ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޚަބަރު | 9 މަސް ކުރިންރާއްޖެގެ އާރޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް އިފްތިތާހުކޮށްފިޚަބަރު | 10 މަސް ކުރިން