logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިންގެ ނަމުގައި ސިޔާސީ މަދުބަޔަކު ކުރާ ޢަމަލުތަކުން ރަނގަޅު ނޫސްވެރިންގެ އަގުވެއްޓޭނެ: އިބްރާހިމް މުހައްމަދު

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ސެޕްޓެމްބަރު 2025 - 16:23
ނޫސްވެރިންގެ ނަމުގައި ސިޔާސީ މަދުބަޔަކު ކުރާ ޢަމަލުތަކުން ރަނގަޅު ނޫސްވެރިންގެ އަގުވެއްޓޭނެ: އިބްރާހިމް މުހައްމަދު

ނޫސްވެރިންގެ ނަމުގައި ސިޔާސީ މަދުބަޔަކު ކުރާ ޢަމަލުތަކުން ރަނގަޅު ނޫސްވެރިންގެ އަގުވެއްޓޭނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިއްރު ކޮމެޓީއެއްގެ ގޮތުގައި ނަމަވެސް ނޫސްވެރިންތަކެއް ވަނީ ގަދަކަމުން އެ ކޮމެޓީއަށް ވަދެގަނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހިނގާފައި ވަނިކޮށް މެމްބަރު އިބްރާހީމް މުހައްމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވާއިދުތަކާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިތާ، ނޫސްވެރިންގެ ނަމުގައި ސިޔާސީ މަދު ބަޔަކު ކުރާ ޢަމަލުތަކުން ރަނގަޅު ނޫސްވެރިންގެ އަގު ވެއްޓޭނެ ކަމަށެވެ. އަދި ކޮންމެ ބަޔަކު ވިޔަސް މަޖިލީހުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ނޫސްވެރިކަމަކީ ވަރަށް މުހިންމު އަދި ޒިންމާދާރު މަސައްކަތެއް. އެހެންނަމަވެސް މަދު ބައެއްގެ ނުރަނގަޅު ޢަމަލުތަކުގެ ސަބަބުން މުޅި ނޫސްވެރި މުޖުތަމަޢުގެ އަގު ވެއްޓިގެން ދިއުމަކީ ހިތާމަހުރި ކަމެއް،" މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

އެމެންބަރު އިތުރަސް ފާހަގަކުރެއްވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބުކަމާއި، އެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

ބުދަ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ހިނގާ ދިޔަ ކަންތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބުނީ، ބުދަ ދުވަހު (މިއަދު) ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން ކުރިއަށް ގެންދެވުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ. އަދި ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް އެ ބައްދަލުވުމުގައި ނުތިބެވޭނެކަން މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ.

''އެހެންނަމަވެސް، 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައި ވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުންނެވެ. އަދި، ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަދެ އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުންނެވެ.'' މަޖިލީހުން ބުނެފަވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދުޚަބަރު | 2 މަސް ކުރިންއެމްޑީޕީން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި މި ސަރުކާރުން ދެއްކުން: މެމްބަރު އިބްރާހީމް މުހައްމަދުގެ ތަރުޖަމާޚަބަރު | 3 މަސް ކުރިންމަނީލޯންޑަރިންގެ ތުހުމަތަކީ ހަސަދަވެރިން ފަތުރާ ބުހުތާން ދޮގެއް: އިބްރާހީމް މުހައްމަދުޚަބަރު | 3 މަސް ކުރިންނޫސްވެރިންގެ ނަމުގައި ސިޔާސީ މަދުބަޔަކު ކުރާ ޢަމަލުތަކުން ރަނގަޅު ނޫސްވެރިންގެ އަގުވެއްޓޭނެ: އިބްރާހިމް މުހައްމަދުޚަބަރު | 4 މަސް ކުރިން