logo
MPL

MPL

ޚަބަރު

ހިޔާގެ ލިފްޓުތަކާއެކު އެތަނުގައި އުޅޭ ކޮންމެ ރައްޔިތެއްގެ ޙަޔާތުން ދެ ދުވަސް ސަލާމަތްވެއްޖެ: އިބްރާހިމް މުހައްމަދު

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖުލައި 2026 - 19:06
ހިޔާގެ ލިފްޓުތަކާއެކު އެތަނުގައި އުޅޭ ކޮންމެ ރައްޔިތެއްގެ ޙަޔާތުން ދެ ދުވަސް ސަލާމަތްވެއްޖެ: އިބްރާހިމް މުހައްމަދު

ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރި ލިފްޓުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ޙަޔާތަށް ދެ ދުވަސް އިތުރުވެގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހީމް މުހައްމަދު މިފަދައިން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއު ނިންމާލުމާ ގުޅިގެންނެވެ. މެންބަރު ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް މި ލިފްޓުތައް ހަރުކުރެވުމުން، ލިފްޓަށް އިންތިޒާރު ކުރުމުގައި ހޭދަވާ ގާތްގަނޑަކަށް 3650 މިނެޓު ނުވަތަ 61 ގަޑިއިރު ކޮންމެ ރައްޔިތަކަށް ސަލާމަތްކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި، ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މި ލިފްޓުތައް ރަސްމީކޮށް ހުޅުވައި، އާންމުންނަށް ބޭނުންކުރަން ފެށޭނެއެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 16 ޓަވަރުގައި 32 ލިފްޓު ވަނީ އަލަށް ހަރުކޮށްފައެވެ. މީގެ ކުރިން ބައެއް ޓަވަރުތަކުގައި ތިން ލިފްޓު އަދި ބައެއް ޓަވަރުތަކުގައި ހަތަރު ލިފްޓު ހުރި ނަމަވެސް، އާބާދީ ބޮޑުވުމުގެ ސަބަބުން ލިފްޓުތަކަށް ބާރުބޮޑުވެ، އަރައި ފޭބުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި އަލަށް ހަރުކުރި މި ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތައް ވެސް މި ލިފްޓުތަކުގައި ވަނީ ގާއިމުކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ 6,720 ހައުސިން ޔުނިޓުގައި ބައިލައްކައެއްހާ މީހުން ދިރިއުޅެމުންދާއިރު، މި ލިފްޓުތަކުގެ ސަބަބުން ލިފްޓުތަކަށް ކިއު ހެދުމާއި ވަގުތު ބޭކާރުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރައްޔިތުންނަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކުން ތަރައްޤީއަށް ހުރަސްއަޅައި ''ވަސީލަތްތަކުގައި އަތްއެޅީމާ'' ރައްޔިތުން ނިކުންނާނެ: މެންބަރު އިބްރާހިމް މުހައްމަދުޚަބަރު | ދުވަހެއް ކުރިންރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: އިބްރާހީމް މުޙައްމަދުޚަބަރު | 7 ދުވަސް ކުރިންހިޔާގެ ލިފްޓުތަކާއެކު އެތަނުގައި އުޅޭ ކޮންމެ ރައްޔިތެއްގެ ޙަޔާތުން ދެ ދުވަސް ސަލާމަތްވެއްޖެ: އިބްރާހިމް މުހައްމަދުޚަބަރު | 2 މަސް ކުރިން ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދުޚަބަރު | 10 މަސް ކުރިން