ކައުންސިލްތަކުން ތަރައްޤީއަށް ހުރަސްއަޅައި ''ވަސީލަތްތަކުގައި އަތްއެޅީމާ'' ރައްޔިތުން ނިކުންނާނެ: މެންބަރު އިބްރާހިމް މުހައްމަދު
22 އޯގަސްޓު 2026 - 20:01

ކައުންސިލްތަކަކީ ވަކި ސަރުކާރެއް ކަމަށް ދައްކައި، ޖުމްލަ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއަށް ހުރަސްއަޅައި ހޮސްޕިޓަލް، ހައުސިން، ބޭންކިން އަދި އިންޓަރނެޓް ފަދަ އަސާސީ ޚިދުމަތްތައް ދިނުމަށް ބިމާއި އެހެނިހެން ވަސީލަތްތައް ލިބޭނެ މަގުގައި ''އަތްއެޅުމުން'' ރައްޔިތުން ނިކުންނާނެ ކަމަށާއި، މިކަމާ ގުޅޭ ޕެޓިޝަނުގައި ސޮއިކުރާ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހީ ބިލު ފާސްކުރަން ގޮވާލައި ހުށަހެޅި ޕެޓިޝަނުގައި 10،000 އަށް ވުރެ ގިނަ މީހުން ސޮއިކުރި ޚަބަރަށް އިޝާރާތްކުރައްވަމުންނެވެ.

Ad by Hajj Corporation
''ކައުންސިލްތަކަކީ ވަކި ސަރުކާރެއް ކަމަށް ދައްކައި ޖުމްލަ ރަށްޔިތުންނަށް ބޭނުންވާ ތަރައްޤީއަށް ހުރަސްއަޅައި ހޮސްޕިޓަލް ހައުސިން ބޭންކިން އިންޓަރނެޓްފަދަ އަސާސީ ޚިދުމަތްތައް ދިނުމަށް ބިމާއި އެހެނިހެން ވަސީލަތްތަކުގައި އަތްއެޅީމާ ރަށްޔިތުން ނިކުންނާނެ. ސޮއި އަދިވެސް ގިނަވާނެ'' މެމްބަރު ވިދާޅުވެފަވެއެވެ.
ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ރަށްރަށުގެ ކައުންސިލުތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލިހަށް މި ބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މި އީ-ޕެޓިޝަންގައި ސޮއިކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 800 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
މި ޕެޓިޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއަދާ ހަމައަށް އެ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު މިހާރު ވަނީ 10,150 އަށް ވުރެ މައްޗަށް އަރާފައެވެ.

-01.jpg&w=3840&q=75)
