logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް ޑޮލަރު ދަތިވީ ވެންޓިލޭޓަރަށްހެދި ވަގު ޕޭމަންޓުން؟

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖުލައި 2026 - 09:30
ރާއްޖެއަށް ޑޮލަރު ދަތިވީ ވެންޓިލޭޓަރަށްހެދި ވަގު ޕޭމަންޓުން؟

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ނާޒުކު ފައްތަރާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ކުރީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ހުސައިން މަނިކު ދައްކާފައިވާ ވާހަކަތަކަކީ މިއަދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައުޟޫއެކެވެ. ރާއްޖޭގައި ޑޮލަރުގެ ދަތިކަން ކުރިމަތިވާން މެދުވެރިވި ސަބަބުތަކާ ގުޅޭގޮތުން އޭނާ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

ހުސައިން މަނިކު ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ބޭންކިން ނިޒާމުންނާއި ބާޒާރުން ޑޮލަރު ހުސްވުމުގެ އަސްލަކީ ނިމިދިޔަ ސަރުކާރުން ހިންގި ކޮރަޕްޝަނުގެ އަމަލުތަކާއި ނިންމި ނުބައި ނިންމުންތަކެވެ. މިގޮތުން އޭނާ ފާހަގަކުރި އެންމެ ބޮޑު އެއް ކަމަކީ ކޮވިޑް-19 ގެ ދުވަސްވަރު ވެންޓިލޭޓަރުތައް ހޯދުމުގެ ނަމުގައި ހިންގި "ވަގު ޕޭމަންޓް" ތަކެވެ. އެތައް މިލިއަން ޑޮލަރެއް ދައުލަތުގެ ޚަޒާނާއިން ބޭރުވީ އެއްވެސް އުސޫލެއް ނެތި ކުރެވުނު މިފަދަ މުއާމަލާތްތަކުގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އިގްތިސާދީ މާހިރުންގެ ލަފާގެ ބަދަލުގައި ސިޔާސީ ނިންމުންތަކަށް އިސްކަންދީ، އެއްވެސް ހަމައެއް އުސޫލެއް ނެތި ފައިސާ ޗާޕުކުރުމަކީ ރުފިޔާގެ އަގު ވެއްޓި، ޑޮލަރަށް އޮތް ޑިމާންޑް އިންތިހާއަށް އުފުލިގެންދިޔަ ސަބަބެއްގެ ގޮތުގައި ހުސައިން ފާހަގަކުރިއެވެ. މިކަމުގެ ޒިންމާ އޭނާ އެޅުވީ އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއީލްގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ މައްޗަށެވެ.

ހުސައިން މަނިކުގެ ވާހަކަތަކަށް ބާރުދެމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެފައި ވަނީ، ޑޮލަރު ހުސްވީ އެމްޑީޕީގެ ބޮޑުން ހިންގި ވައްކަންތަކާއި، ފެންވަރުނެތް ވަޒީރުންތަކެއް ނިންމި ދޯހަޅި ނިންމުންތަކުގެ ސަބަބުން ކަމަށެވެ. މި ވާހަކަތަކާ މެދު ދެކޮޅު ހަދަން ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް، ފެންނަން އޮތް ހަގީގަތަކީ އެއީ ކަމަށްވާތީ އެކަމަށް އެއްބަސްވާން ޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖުމްލަގޮތެއްގައި، ރާއްޖޭގެ އިގްތިސާދު މިއަދު މިދެކޭ ހީނަރުކަމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި އިގްތިސާދީ ނުބައި ސިޔާސަތުތަކުގެ ހިތި ނަތީޖާކަން ގިނަ ބަޔަކު މިހާރު ދަނީ ގަބޫލުކުރަމުންނެވެ. އެހެންކަމުން، މިއަދު ޑޮލަރުގެ ވާހަކަ ދައްކައި ޕެނަލް ޑިސްކަޝަން ބޭއްވުމުގެ ކުރިން، މި ހާލަތަށް ގައުމު ވައްޓާލި ސަބަބުތަކަށް ޒިންމާވާންޖެހޭނެ ކަމަށް އާންމުން ދެކެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ޑޮލަރު ދަތިވީ ވެންޓިލޭޓަރަށްހެދި ވަގު ޕޭމަންޓުން؟ޚަބަރު | 4 ގަޑިއިރު ކުރިން ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދުޚަބަރު | 9 މަސް ކުރިންރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ބޭނުން ނުކުރަން، ދެކެވެނީ ދޮގު ވާހަކަތަކެއް: މެމްބަރު އިބްރާހިމް މުޙައްމަދުޚަބަރު | 10 މަސް ކުރިން