logo
Bank of Maldives

Bank of Maldives

ޚަބަރު

ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދު

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2025 - 17:20
 ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދު

ދިވެހިރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާއި ދެކޭ ހުވަފެންތައް، ވަކި ސިޔާސީ ބޭފުޅަކު ވިދާޅުވާ ބުނުމަކަށް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މެމްބަރު އިބްރާހީމް މުހައްމަދު މިފަދައިން ވިދާޅުވީ، ތަރައްގީގެ ނަމުގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް 4-5 އަހަރަށް މަޑުޖައްސާލަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެެކަމަށް ދެއްވި ރައްދެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށެވެ. އަދި "ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދު ވާންވީ މަޑުޖެހިލަން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީއެއް ނޫން ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަން އިތުރު ވާނީ ބަޖެޓު ސާޕްލަސް އާއި ރިޒާވް އިތުރު ކުރެވި، ދަރަނި ކުޑަ ކުރެވިގެން ކަމަށެވެ.

ނަޝީދުގެ މިވާހަކަތަކަށް ރައްދުދެއްވަމުން މެންބަރު އިބްރާހިމް މުހައްމަދު ވަނީ، ރައްޔިތުންގެ އުންމީދުތަކަށް ފަސް އަހަރު ދުވަހަށް ހުރަސް އެޅި، އެ އުންމީދުތައް ފަސްކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

"ފަސް އަހަރު ދުވަހަށް ރައްޔިތުންގެ އުންމީދުތައް ހުއްޓާލަން ޖެހޭ ސަބަބަކީ ކޮބައިބާ؟ ކީއްވެ؟ އެއްވެސް ހަރުދަނާ ސަރވޭއެއް ނެތި، ހަމަ ވަކި ސިޔާސީ މީހަކު ބުނި ބުނުމަކަށް ދިވެހިންގެ އުންމީދުތައް ޕާކުކޮށްފައި ބަހައްޓަން ޖެހޭނެބާ؟" އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ އުންމީދުތަކަކީ އެއްވެސް ބަޔަކަށް ކުޅޭކުޅޭ ބިލާހެއް ނޫނެވެ.

މީގެ އިތުރުން، މެންބަރު އިބްރާހިމް މުހައްމަދު ވަނީ ކުރިން ބަޖެޓް ސަރަޕްލަސް ކުރަން ނޭނގުނު ފަރާތްތަކުން އަލުން ކެމްޕޭންތައް ކުރާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

"ކުރިންވެސް ބަޖެޓް ސަރަޕްލަސް ކުރަން ނޭނގުނު މީހުން އަލުން އައު ކެމްޕޭންތައް ކުރަނީ ބާ؟" އޭނާ ވިދާޅުވެފައެވެ.

ރައްޔިތުންގެ އުންމީދުތަކާއި، ގައުމީ ސިޔާސަތުތައް ބިނާކުރުމުގައި ރައްޔިތުންގެ ހިޔާލާއި އިހުސާސްތަކަށް އިސްކަންދޭން ޖެހޭއިރު، ނަޝީދު ފަދަ ބޭފުޅުން މިފަދަ ވާހަކަތައް ދައްކަވަނީ ''ބައިއިކޮޅަށް މޮޅު ހޯދަން'' ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެނީ، މިފަދަ ނިންމުން ތަކަކީ ހަރުދަނާ ދިރާސާތަކާއި ރައްޔިތުންގެ އަޑުއެހުމަށްފަހު ނިންމައިގެން ވާނެކަންކަން ނޫންކަމަށް ވުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދުޚަބަރު | 18 ގަޑިއިރު ކުރިންއެމްޑީޕީން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި މި ސަރުކާރުން ދެއްކުން: މެމްބަރު އިބްރާހީމް މުހައްމަދުގެ ތަރުޖަމާޚަބަރު | 10 ދުވަސް ކުރިންރިބާ އެކުލެވޭ ކްރެޑިޓް ކާޑެއް ބޭނުން ނުކުރަން، ދެކެވެނީ ދޮގު ވާހަކަތަކެއް: މެމްބަރު އިބްރާހިމް މުޙައްމަދުޚަބަރު | މަހެއް ކުރިންމަނީލޯންޑަރިންގެ ތުހުމަތަކީ ހަސަދަވެރިން ފަތުރާ ބުހުތާން ދޮގެއް: އިބްރާހީމް މުހައްމަދުޚަބަރު | މަހެއް ކުރިން