logo
Bank of Maldives

Bank of Maldives

ޚަބަރު

އިޒްރޭލުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 64,700 އާއި ގާތްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ސެޕްޓެމްބަރު 2025 - 17:25
އިޒްރޭލުން  ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 64,700 އާއި ގާތްކޮށްފި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، އިޒްރޭލުން ޣައްޒާގެ ބަންދުކުރެވިފައިވާ ސަރަހައްދުގައި ހިންގަމުންދާ ނަސްލު ކަތިލުމުގެ ހަނގުރާމައިގައި، 64,656 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްފައިވާކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުދަ ދުވަހު ހާމަކޮށްފިއެވެ.

މީގެ އިތުރުން އިތުރު ފަސް ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖެހިގެން ދުނިޔެ ދޫކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 41 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، 184 މީހަކަށް އަނިޔާވެފައިވެއެވެ. މިއާއެކު، އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އަނިޔާވި މީހުންގެ ޖުމްލަ އަދަދު 163,503 އަށް އަރާފައިވެއެވެ.

އެ ވުޒާރާއިން އިތުރަށްބުނީ، ގިނަ އަދަދެއްގެ މީހުން އަދިވެސް ވަނީ ހަމަލާތަކުގައި ފަސްގަނޑުދަށުވެ، މަގުތަކުގައި ތާށިވެފައި ކަމަށާއި، ކަންކަމުގައި އެހީތެރިވާ ފަރާތްތަކަށް އެމީހުންނާ ހަމައަށް ފޯރާނެ ގޮތެއް ނެތް ކަމަށެވެ. އަދި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންސާނީ އެހީ ހޯދުމަށް މަސައްކަތްކުރަނިކޮށް އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކުގައި 12 ފަލަސްޠީނާ ޝަހީދުކޮށްފައިވާއިރު، 30 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މިއާއެކު، މެއި 27 ވަނަ ދުވަހުން ފެށިގެން އެހީ ހޯދުމަށް މަސައްކަތްކުރަނިކޮށް ޝަހީދުކޮށްލާފައިވާ ފަލަސްޠީނާ ރައްޔިތުންގެ ޖުމްލަ އަދަދު 2,456 އަށް އަރާފައިވާއިރު، 17,861 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.

ޞިއްޙަތާބެހޭ ވުޒާރާއިން ބުނި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް އިތުރު ފަސް ފަލަސްޠީނާ ބަނޑަށް ޖެހި، ކާނާ ނުލިބިގެން ނިޔާވެފައިވެއެވެ. މިއާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބަނޑަށް ޖެހި، ކާނާ ނުލިބިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު 404 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 141 ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ބަނޑަށް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން 126 މީހުން (26 ކުޑަކުދިން ހިމެނޭހެން) ނިޔާވެފައިވަނީ، އދ. ގެ އެހީގައި ހިންގާ ބަނޑަށް ޖެހުން މޮނިޓަރކުރާ ނިޒާމު "އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައި.ޕީ.ސީ)" އިން މިދިޔަ މަހު ޣައްޒާއަކީ ބަނޑަށް ޖެހިފައިވާ ސަރަހައްދެއް ކަމަށް ރަސްމީކޮށް އިއުލާނުކުރުމަށް ފަހުގައެވެ.

މިދިޔަ މާރޗް 2 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސަރުކާރުން ވަނީ ޣައްޒާގެ ހުރިހާ ބޯޑަރު ހުރަސްތައް މުޅިން ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން، އެ ސަރަހައްދުގެ 2.4 މިލިއަން ރައްޔިތުން ވަނީ ބަނޑަށް ޖެހުމުގެ ނުރައްކާތެރި ހާލަތަކަށް ވަނީ ގަންބާލާފައެވެ.

މިދިޔަ ޖަނަވަރީ މަހު ހަމަލާ ހުއްޓާލުމާއި ހައްޔަރީން ބަދަލުކުރުމުގެ އެއްބަސްވުމާއި އިޒްރޭލުން ޚިލާފުވުމަށް ފަހު، މާރޗް 18 ވަނަ ދުވަހު އިޒްރޭލުގެ ސިފައިން ޣައްޒާ ބާރުތަކަށް އަލުން ހަމަލާދޭން ފެށިއެވެ. މިހަމަލާތަކުގައި 12,098 މީހުން ޝަހީދުކޮށް، 51,462 މީހުންނަށް އަނިޔާކޮށްފައިވެއެވެ.

އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން، މިދިޔަ ނޮވެމްބަރު މަހު، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ދިފާޢީ ވަޒީރު ޔޯއާވް ގާލަންޓް ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ. އަދި މިހާރު އިޒްރޭލުގެ މައްޗަށް ޣައްޒާގައި ނަސްލު ކަތިލުމުގެ ކުށުގެ ދަޢުވާ ވެސް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވަނީ އުފުލާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރެމެން މިދަނީ އެކަނިވަމުން، ހަތިޔާރު އުފެއްދުންނޫންގޮތެއްނެތް: ނަތަންޔާހޫޚަބަރު | 3 ގަޑިއިރު ކުރިންއިސްރާޢިލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ މިނިވަން ތަހްގީގު ޓީމުޚަބަރު | 4 ގަޑިއިރު ކުރިންޔަމަނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ބޮން އަޅައިފިޚަބަރު | 6 ދުވަސް ކުރިންއިޒްރޭލުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 64,700 އާއި ގާތްކޮށްފިޚަބަރު | 6 ދުވަސް ކުރިން