logo
ޚަބަރު

ތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފި

ނުހާ އަޙްމަދު
11 ސެޕްޓެމްބަރު 2025 - 05:45
ތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފި

ތަރިކައިގެ ދާއިރާއިން ކިޔެވުމަށް 40 ސްކޮލާޝިޕް ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

"ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް"ގެ ނަމުގައި ތައާރަފުކުރި މި ސްކޮލާޝިޕަކީ ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ސްޕޮންސާކުރާ ދިރާސީ މަސައްކަތްކުރުމުގެ ފުރުސަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަރިކަ ދިރާސާ ކުރާ މަރުކަޒުން ބުނީ، މި ސްކޮލާޝިޕްގެ މަގުސަދަކީ ދިވެހި ތަރިކައިގެ އިލްމު އުފައްދައި، ގާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށެވެ.

މި ސްކޮލާޝިޕްގައި ދިނުމަށް ހަމަޖެހިފައިވަނީ 40 ފުރުސަތެވެ. މި ސްކޮލަރޝިޕްގައި ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވަރސިޓީން ކުރިއަށްގެންދާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގައި މަސައްކަތްކުރަން ޖެހޭނެއެވެ.

ތަރިކަ ދިރާސާކުރާ މަރުކަޒުން ބުނީ، މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ އިލްމީ އަދި ދިރާސީ ފޮތްތައް ޝާއިއުކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ދައްކަންޖެހޭ ކޯސް ފީ ދައްކައިދޭނީ ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުންނެވެ. އެ މަރުކަޒުން ވަނީ ސްކޮލާޝިޕްގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ހަމައަށް ހުޅުވާލާފައެވެ. ސްކޮލާޝިޕަށް އެދި ގޫގުލް ފޯމް ލިންކެއް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ލިންކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ސްކޮލަރޝިޕާ ގުޅޭ އިއުލާނުގައިވަނީ ހިމަނާފައެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވެވޭނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންރަސްމިއްޔާތު ތަކުގައި ބޭނުން ކުރުމަށް 10،000 ދިދައާއި ދިދަ ދަނޑި ހޯދަނީ ޚަބަރު | 3 މަސް ކުރިންޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުން މިފަހަރު އޮތީ 3 ރަށެއްގައި ޚަބަރު | 4 މަސް ކުރިންކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރަން އާރުޑީސީ އަށްޚަބަރު | 6 މަސް ކުރިން