logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުން މިފަހަރު އޮތީ 3 ރަށެއްގައި

އަޙްމަދު ޒަލީފް
15 މޭ 2025 - 14:22
ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުން މިފަހަރު އޮތީ 3 ރަށެއްގައި

މިއަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ 3 ރަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. އެގޮތުން ކަނޑައެޅި 3 ރަށަކީ، ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަމެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލުމުން، ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ހޮވާފައިވަނީ މި ތިން ރަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރު އަޟްހާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރީވެސް އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިގެންނެވެ. މިދިޔަ އަހަރު އަލްހާ ޢީދު ފާހަގަކުރީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައެވެ.

އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާފައިވަނީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާ" އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތައްކަމަށް ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ ޢީދު ފާހަގަކުރުމަށް ހޮވާ ރަށްތަށް ކަނޑައެޅުމުގައި ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވާފައިވާގޮތަށާއި، އަދި އެދުވަސްތަކުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނަންއޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލުކުރުމަށްޓަކައި ދިވެހި ސަޤާފަތް ދައްކުވައިދޭ، ޒަމާނުއްސުރެ ދިވެހީން ޢީދުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރު ހިމަނާފައިވާ މިންވަރަށް ބަލާފައިވާނެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އީދު ފާހަގަކޮށްފިޚަބަރު | 24 ދުވަސް ކުރިން"ޢީދު ހަވީރު 1447" މާލެ ސަރަހައްދުގައި ފަށައިފިޚަބަރު | މަހެއް ކުރިންމިއަހަރުގެ އަޟްހާ އީދު ނަމާދު މާލޭގެ 25 މިސްކިތެއްގައި ކުރާނެޚަބަރު | މަހެއް ކުރިންތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފިޚަބަރު | 9 މަސް ކުރިން