logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ އަޟްހާ އީދު ނަމާދު މާލޭގެ 25 މިސްކިތެއްގައި ކުރާނެ

މިއަހަރުގެ އަޟްހާ އީދު ނަމާދު މާލޭގެ 25 މިސްކިތެއްގައި ކުރާނެ

މިއަހަރުގެ އަޟްހާ ޢީދު ނަމާދު މާލޭގެ 25 މިސްކިތެއްގައ ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޢަޟްހާ ޢީދު ނަމާދު މާލެއާއި، ވިލިމާލެ އަދި ހުޅުލޭގައިވެސް ބޮޑުޖަމާޢަތުގައި ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަންތަނުގައި ބޮޑު ޖަމާޢަތުގައި ނަމާދުު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މާލެ 4 ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ ޢީދު ނަމާދުކުރާއިރު މީގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢީދު ނަމާދު ބޮޑ ޖަމާއަތުގައި ކުރާނީ ޒުވާން ޚަޠީބު އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިންއެވެ.

ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.

ފަހަކަށް އައިސް ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޮޑު ޖަމާޢަތުގައި އަންނަނީ ކުރަމުންނެވެ. ނަމަވެސް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ބޮޑު ޖަމާޢާތުގައި ޢީދު ނަމާދު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދުކުރާނެއެވެ. ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އަޟްހާ އީދު ނަމާދު މާލޭގެ 25 މިސްކިތެއްގައި ކުރާނެޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކޮށްފިޚަބަރު | 2 މަސް ކުރިންބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުން: މާލެ ސިޓީގެ 4 ސަރަހައްދެއްގައިޚަބަރު | 2 މަސް ކުރިންއަޟްޙާ އީދުގެ ނަމާދު މުޅި ރާއްޖޭގައި ބޮޑު ޖަމަާއަތުގައިކޮށްފި ޚަބަރު | އަހަރެއް ކުރިން