logo
ޚަބަރު

ރަސްމިއްޔާތު ތަކުގައި ބޭނުން ކުރުމަށް 10،000 ދިދައާއި ދިދަ ދަނޑި ހޯދަނީ

އަޙްމަދު ޒަލީފް
24 ޖޫން 2025 - 05:40
ރަސްމިއްޔާތު ތަކުގައި ބޭނުން ކުރުމަށް 10،000 ދިދައާއި ދިދަ ދަނޑި ހޯދަނީ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޤައުމީ ފެންވަރުގައި ފާހަގަކުރާ އެކިއެކި ދުވަސްތަކުގެ ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށްޓަކައި 10000 ޤައުމީ ދިދަ (2 ފޫޓު، 3 ފޫޓޫގެ) އަދި މި ދިދަތައް ހަރުކުރުމަށްޓަކައި 10000 ދިދަ ދަނޑި އަމިއްލަ ތަކެތީގައި ހަދާދޭނެ ފަރާތެއް ހޯދުމަށް އެ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

މި ބިޑާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ 13:00 ގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) ގައެވެ. އަދި ބިޑު ހުށަހަޅަން ހަމަޖައްސާފައިވަނީ 30 ޖޫންގެ 13:00 އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 3036999 ނަންބަރު ފޯނާ ގުޅުއްވުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މި ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންރަސްމިއްޔާތު ތަކުގައި ބޭނުން ކުރުމަށް 10،000 ދިދައާއި ދިދަ ދަނޑި ހޯދަނީ ޚަބަރު | 3 މަސް ކުރިންޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުން މިފަހަރު އޮތީ 3 ރަށެއްގައި ޚަބަރު | 4 މަސް ކުރިންކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރަން އާރުޑީސީ އަށްޚަބަރު | 6 މަސް ކުރިން