ގާބިލު މުވައްޒަފުން މިނިސްޓްރީގައި ތިބުމުގެ ސަބަބުން އެހެން ބަޔަކަށް ބަރޯސާވާން ނުޖެހޭނެ: އާދަމް ޝަރީފު
11 ސެޕްޓެމްބަރު 2025 - 10:11

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގައި ހުނަރުވެރި، ފަންނުވެރި އަދި ގާބިލު މުވައްޒަފުން ތިބުމުގެ ސަބަބުން އެއްވެސް ކަމެއް އެހެން ބަޔަކަށް ބަރޯސާނުވެ ކުރެވޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓާ އާދަމް ޝަރީފު މިހެން ވިދާޅުވީ، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގައި ބައިވެރިވާ ކްލަބް އެމް.ސީ.އެލް.ޕީގެ ކުޅުންތެރިންނާ ޖަރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވިވާހަކަފުޅުގައެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި އެ މަނިކުފާނުވަނީ ޓީމަށް ހިތްވަރުދެއްވައި، ކާމިޔާބަށް އެދިވަޑައިގެންފައެވެ.
ކްލަބް އެމް.ސީ.އެލް.ޕީއަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ގާބިލްކަން އިތުރުކުރުމުގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކުލަބެކެވެ. މިނިސްޓްރީ ގައި އޮތް ހާއްސަ ރަސްމިއްޔާތުގައި، ކުޅުންތެރިންނާ ޖަރޒީ ހަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ.


