logo
Bank of Maldives

Bank of Maldives

ޚަބަރު

އަލީބާބާ ވޯކްޝޮޕްގައި 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެ

ނުހާ އަޙްމަދު
12 ސެޕްޓެމްބަރު 2025 - 05:55
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ

އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރި ކަމަށްވާ ޗައިނާގެ އަލީބާބާ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ގުޅިގެން ހިންގާ ވޯކްޝޮޕްގައި މިހާތަނަށް 155 ދިވެހި ވިޔަފާރިއަކުން ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް އެ މިނިސްޓްރީން މި ވޯކްޝޮޕް އިއުލާން ކުރީ އިއްޔެގައެވެ. މި ކަމާ ގުޅިގެން މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވޯކްޝޮޕްގައި ބައިވެރިވުމަށް 24 ގަޑި އިރުތެރޭ ރަޖިސްޓްރީވުމަށް 155 މީހުން ހުށަހަޅާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަޖިސްޓްރޭޝަން ހަމަވަނީ މި މަހުގެ 13 ވަނަ ދުވަހެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރުން ކަމަށެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި ސެލާ އެކައުންޓް ހުޅުވައި، އެ ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިންކޮށް މުދާ ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަލީބާބާ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް، އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެެއް ކަމަށް މިނިސްޓާ ސައީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަ ދީފިޚަބަރު | 8 ދުވަސް ކުރިންފިކުރީ މުދާ ހިމާޔަތް ކުރުމަށް ޕޭޓަންޓު ބިލެއްގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފިޚަބަރު | 2 މަސް ކުރިންއަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިޚަބަރު | 3 މަސް ކުރިން