logo
Bank of Maldives

Bank of Maldives

ކުޅިވަރު

23 އަހަރުން ދަށުގެ ވޮލީ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޒާރީ އަޝްރަފް

އަބްދުﷲ ޣާނިމް
12 ސެޕްޓެމްބަރު 2025 - 07:00
23 އަހަރުން ދަށުގެ ވޮލީ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޒާރީ އަޝްރަފް

އިންޓަނޭޝަނަލް ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)ގެ އެހީތެރިކަމާއެކު ރާއްޖޭގެ 23 ޖޫނިއަރ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ޤައުމީ ޓީމުގެ ކުރީގެ ކުޚުންތެރިއެއްކަމަށްވާ ފަރްޙާދު ނަޒާރީ ޢައްޔަންކޮށް، ފަރިތަކުރުންތައް ފަށައިފިއެވެ.

އުމުރުން 41 އަހަރުގެ ނަޒާރީއަކީ އިރާނުގެ ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިއެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީން ރިހި މެޑަލް ހޯދުމާއި، 2008 އަދި 2010 ވަނަ އަހަރު އޭވީސީ ކަޕްގެ ޗެމްޕިއަންކަން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން މި މަގާމުގައި ހުރި އިރާނުގެ އަލީ ޕޫރު އަރޫޖީ ވަނީ ދެ މަސްދުވަހުގެ މަސައްކަތަށްފަހު، ރާއްޖޭގައި ޒަމާނީ ވޮލީބޯޅައެއް ކުޅުވާނެ އެކަށީގެންވާ ވަސީލަތެއް ރާއްޖޭގައި ނެތްކަމަށް ބުނެ އަދި އައުޓްޑޯގައި ޕްރެކްޓިސްކޮށްގެން ޒަމާނީ ވޮލީގެ ގޭމެއް ނުކުޅެވޭނެ ކަމަށް ބުނެ މަގާމުން އިސްތިއުފާ ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ޕްރެކްޓިސްތައްވެސް ކުރިޔަށްގެންދަނީ އައުޓްޑޯ ކޯޓުގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީން ހެއްވާލައި ޤައުމީ އަންހެން ވޮލީ ޓީމު ފައިނަލަށް!ކުޅިވަރު | 2 މަސް ކުރިންތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީ ސްކޮޑް އެކުލަވާލައިފިކުޅިވަރު | 5 މަސް ކުރިން23 އަހަރުން ދަށުގެ ވޮލީ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޒާރީ އަޝްރަފްކުޅިވަރު | 6 މަސް ކުރިންވީއޭއެމް ކަޕް: ވެމްކޯއިން ފަސްވަނަ ފަހަރަށް ތަށި ހޯދައިފިކުޅިވަރު | އަހަރެއް ކުރިން