logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީ ސްކޮޑް އެކުލަވާލައިފި

އަބްދުﷲ ޣާނިމް
19 އޮކްޓޯބަރު 2025 - 08:04
ތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީ ސްކޮޑް އެކުލަވާލައިފި

ބައިނަލްއަޤްވާމީ ތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީބޯޅަ ޓީމުތައް އިއުލާންކުރުމުގެ ރަސްމިއްޔާތު މިއަދު ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ޤައުމީ ސްކޮޑަށް ހޮވުނު ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި ޖާރޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ.

މި ރަސްމިއްޔާތުގައި އިއުލާންކުރި ޓީމުތަކުގެ ތެރޭގައި ހިމެނެނީ ކާވާ 19 އަހަރުން ދަށުގެ އަންހެނުންގެ ޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ އަންހެން ޓީމާއި، ކާވާ ކަޕް ފޯ ވިމެންސްގައި ވާދަކުރާ ޤައުމީ ސީނިއަރ އަންހެން ޓީމުގެ އިތުރުން ކާވާ މެންސް ނޭޝަންސް ކަޕްގައި ވާދަކުރާ ޤައުމީ ސީނިއަރ ފިރިހެން ޓީމެވެ. އަދި 2026 ވަނަ އަހަރަށް ތާވަލުކޮށްފައިވާ ސާފް ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޤައުމީ ފިރިހެން ޓީމުވެސް މި ރަސްމިއްޔާތުގައި އިއުލާންކޮށް، އެ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

568282365_1258638192969609_2833848034319040793_n.jpg

ރާއްޖޭގެ ޤައުމީ ވޮލީ ޓީމުތަކުން ކުރިއަށް އޮތް މުބާރާތްތަކުގެ ތެރޭގައި މި މަހުގެ 22 އިން 28 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ މެންސް ނޭޝަންސް ކަޕާއި، ނޮވެމްބަރު މަހުގެ 3 އިން 10 އަށް ސްރީލަންކާގައި ކުރިއަށްދާ ކާވާ 19 އަހަރުން ދަށުގެ އަންހެނުންގެ ޗެމްޕިއަންޝިޕް ހިމެނެއެވެ.

މީގެ އިތުރުން، މި އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 18 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ ކަޕް ފޯ ވިމެންސްގެ ވޮލީ މުބާރާތާއި، އަންނަ އަހަރުގެ ފެބްރުއަރީ މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ސާފް ގޭމްސްގައިވެސް ރާއްޖޭގެ ޤައުމީ ވޮލީ ޓީމު ވާދަކުރުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

މި ރަސްމިއްޔާތުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަޠީފާއި ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީ ސްކޮޑް އެކުލަވާލައިފިކުޅިވަރު | 3 ގަޑިއިރު ކުރިން23 އަހަރުން ދަށުގެ ވޮލީ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޒާރީ އަޝްރަފްކުޅިވަރު | މަހެއް ކުރިންވީއޭއެމް ކަޕް: ވެމްކޯއިން ފަސްވަނަ ފަހަރަށް ތަށި ހޯދައިފިކުޅިވަރު | 6 މަސް ކުރިންކާވާގައި ރާއްޖޭގެ ޒުވާން ޓީމަށް ނާކާމިޔާބީކުޅިވަރު | އަހަރެއް ކުރިން