logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވީއޭއެމް ކަޕް: ވެމްކޯއިން ފަސްވަނަ ފަހަރަށް ތަށި ހޯދައިފި

އަބްދުﷲ ޣާނިމް
18 އޭޕްރީލު 2025 - 06:33
ޑިފެންޑިންގ ޗެންޕިއަން ވެމްކޯ. ފޮޓޯ؛ ވީއޭއެމް
ޑިފެންޑިންގ ޗެންޕިއަން ވެމްކޯ. ފޮޓޯ؛ ވީއޭއެމް

ވީއޭއެމް ކަޕް 2025 ގެ ފައިނަލްގައި ޕޮލިސް ކުލަބާ ކުރިމަތިލައި، ސީދާ ތިން ސެޓުން މޮޅުވެ، ވެމްކޯއިން ފަސްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ވެމްކޯއިން ވަނީ 25-20، 25-19، 25-19 އިން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިހުން ވަރަށް ގާތުން ވާދަކުރި ނަމަވެސް، ވެމްކޯއިން އެ ސެޓު ކާމިޔާބުކުރީ 25-20 އިންނެވެ. ދެވަނަ ސެޓުގައި ވެމްކޯ އިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް، 25-19 އިން އެ ސެޓު ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓުގައި ޕޮލިހުން ފުރަތަމަ ލީޑު ނެގި ނަމަވެސް، ސެޓުގެ މެދުތެރެއިން ވެމްކޯއިން ވަނީ ފަހަރުން އަރައި ، 25-19 އިން މޮ ސެޓު ކާމިޔާބުކޮށް މުބާރާތުގެ ތަށި ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމު ވެމްކޯގެ ތައިލޭންޑް ކުޅުންތެރިޔާ ޕައްޓިޔާއަށް ލިބުނެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިނާމާއި ބެސްޓް އައުޓްސައިޑް އެޓޭކަރގެ މަގާމު ވެމްކޯގެ އައިޝަތު މާޖިދާ ހޯދިއެވެ. އަދި ވެމްކޯގެ އައިޝަތު ޖޫޒާން ޒަރީރު އެންމެ މޮޅު ސެޓަރގެ މަގާމު ހޯދިއިރު، ނުހާ ވަހީދު އެންމެ މޮޅު ލިބަރޯގެ މަގާމު ހޯދިއެވެ.

491803923_1112186404283043_2185633423123429130_n.jpg

މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތައް. ފޮޓޯ: ވީއޭއެމް

 

ޕޮލިސް ޓީމުން ހައްވާ ރާޝިދާ އެންމެ މޮޅު އޮޕަސިޓް ޕްލެޔަރގެ މަގާމު ހޯދިއިރު، މަރިޔަމް އަޒުމާ އެންމެ މޮޅު މިޑިލް ބްލޮކަރގެ މަގާމު ހޯދިއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހުރާ ކޮމިއުނިޓީ ކުލަބުގެ އައިޝަތު ދީމާ ނަދީމް ހޯދިއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެމްކޯގެ އަހުމަދު އަދީލް ހޯދިއެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއުއެވެ. އަންނަ ހޮނިހިރު ދުވަހު ފެށޭ ގައުމީ ވޮލީބޯލް ލީގަކީ މިއަހަރުގެ ވޮލީބޯލް ސީޒަންގެ އަންހެންގެ ދެވަނަ މުބާރާތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީ ސްކޮޑް އެކުލަވާލައިފިކުޅިވަރު | 5 ގަޑިއިރު ކުރިން23 އަހަރުން ދަށުގެ ވޮލީ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޒާރީ އަޝްރަފްކުޅިވަރު | މަހެއް ކުރިންވީއޭއެމް ކަޕް: ވެމްކޯއިން ފަސްވަނަ ފަހަރަށް ތަށި ހޯދައިފިކުޅިވަރު | 6 މަސް ކުރިންކާވާގައި ރާއްޖޭގެ ޒުވާން ޓީމަށް ނާކާމިޔާބީކުޅިވަރު | އަހަރެއް ކުރިން