logo
Bank of Maldives

Bank of Maldives

ޚަބަރު

'ނިއުޔޯކް ޑެކްލަރޭޝަނަކީ' ފަލަސްތީން ދައުލަތެއް ގާއިމުކުރުމުގެ ސާފު ތަސައްވުރެއް، ރާއްޖޭގެ ފުރިހަމަތާއީދު : ފޮރިން މިނިސްޓްރީ

ޝަހްޒާ މުހައްމަދު
12 ސެޕްޓެމްބަރު 2025 - 15:53
'ނިއުޔޯކް ޑެކްލަރޭޝަނަކީ' ފަލަސްތީން ދައުލަތެއް ގާއިމުކުރުމުގެ ސާފު ތަސައްވުރެއް، ރާއްޖޭގެ ފުރިހަމަތާއީދު : ފޮރިން މިނިސްޓްރީ

ފަލަސްތީން މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެކުލަވާލާފައިވާ "ނިއުޔޯކް ޑެކްލަރޭޝަން" އަށް ދިވެހިރާއްޖެއިން ފުރިހަމަ އަށް ތާއިދުކުރާކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ޤަރާރަކީ އދ. ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ދެވަނަ ޕްލެނަރީ ބައްދަލުވުމުގައި ފާސްކުރެވުނު ޤަރާރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަރާރު ފާސްކުރުމަށް ވޯޓު ދިން 142 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އަދި 10 ގައުމަކުން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. އަދި 12 ގައުމަކުން ވަނީ ވޯޓުގައި ބައިވެރިނުވެ ވަކި ފަރާތަކަށް ވޯޓު ނުދީ ތިބެފައެވެ.

މި ޑެކްލަރޭޝަނަކީ 2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް އދ. ގައި ބޭއްވުނު މަތީ ފެންވަރުގެ ބައިނަލްއަގަވާމީ ކޮންފަރެންސްގެ ނަތީޖާއެކެވެ. މި ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ފްރާންސް އަދި ސައޫދީ އަރަބިއްޔާގެ އިސްނެގުމުގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ޑެކްލަރޭޝަނުގައި މިނިވަން، ސިޔާދަތީ، އިޤްތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ފަލަސްތީން ދައުލަތެއް ގާއިމުކުރުމުގެ ސާފު ތަސައްވުރެއް ހިމެނެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުގެ އުސޫލުތަކާއި، ސަރަހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ހިމާޔަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖެއިން ވަނީ 1967 ގެ ކުރީގެ ބޯޑަރުތަކާއެކު، އިރުމަތީ ގުދުސް ވެރިރަށްކަމުގައި ހިމެނޭ ގޮތަށް، އދ. ގެ ކަމާބެހޭ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މިނިވަން އަދި ސިޔާދަތީ ފަލަސްތީން ދައުލަތެއް ގާއިމުކުރުމަށް ތާއީދުކުރާކަން އަލުން ތަކުރާރުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ސްވިޑަން އަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، މަޤާމުގެ ފަތްކޮޅު އަރުވައިފިޚަބަރު | 22 ދުވަސް ކުރިންފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިޚަބަރު | މަހެއް ކުރިންފިޠުރު ޒަކާތުން ލިބުނު ފައިސާއިން 5 ލައްކަ ރުފިޔާ ފަލަސްޠީނަށް!ޚަބަރު | 2 މަސް ކުރިންޔޫއެއީ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިޚަބަރު | 2 މަސް ކުރިން