logo
Bank of Maldives

Bank of Maldives

ޚަބަރު

މަނީލޯންޑަރިންގެ ތުހުމަތަކީ ހަސަދަވެރިން ފަތުރާ ބުހުތާން ދޮގެއް: އިބްރާހީމް މުހައްމަދު

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ސެޕްޓެމްބަރު 2025 - 05:15
މަނީލޯންޑަރިންގެ ތުހުމަތަކީ ހަސަދަވެރިން ފަތުރާ ބުހުތާން ދޮގެއް:  އިބްރާހީމް މުހައްމަދު

އޭނާގެ މައްޗަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާ މަނީލޯންޑަރިންގެ ތުހުމަތަކީ ހަސަދަވެރިން ފަތުރާ ބުހުތާން ދޮގެއްކަމަށް މައްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުކުރު ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ މެންދުރު ޓީވީން ގެނެސްދިން ''ޖަވާބު ދާރީ'' ޕްރޮގްރާމްގައި ޕްރެޒެންޓަރ އައިމިނަތު ޝަފާ ވަނީ މެމްބަރު އިބްރާހީމް މުހައްމަދާއި ގުޅޭގޮތުން ސޯޝަލްމީޑިއާގައި ފެތުރު މަނީލޯޑަރިންގެ ތުހުމަތާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސުވާލަށް ޖަވާބުދެއްވަމުން މެމްބަރު ވިދާޅުވީ، އެއީ ދޮގެއް ކަަށާއި، އަދި އެއީ ހަސަދަވެރިން ފަތުރާ އަސްލެތް ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ފުރަތަމަ އޭނާ އާއި ގުޅުވައި ފެތުރި ދޮގަކީ ނުވަސް ދަންނަ އަންހެނެއްގެ ފޮޓޯ ޖަހާފައި ކައިވެނިކުރާ މަތިން ޖަރުމަނު އެމްބަސީން އޭނާ އަށް ވަޒީފާ ދޭނެކަމަށް ބުނެ ފެތުރި ދޮގުކަމަށެވެ. އަދި އެއީ އޭނާ އާއި މެދު ފަތުރަމުން އަންނަ ދޮގުގެ ސިލްސިލާ ފެށުނު ހިސާބުކަމަށް ވެސް ވިދާޅުވިއެވެ.

''އެނގިވަޑައިގަންނަވާނެ ރައީސް މުޢިއްޒު ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރާއި އަޅުގަނޑާއި ގުޅުވައި ސޯޝަލް މީޑިއާގައި ފެތުރި ވާހަކައަކީ 300 މިލިއަން ޑޮލަރެއް ފުރަތަ މިސްރުން ގެންނަވާހަކަ، އޭގެ ފަހުން، ދިވެހިރާއްޖެ އަށް ޑޮލަރު އެތެރެކުރާ ވާހަކައާއި، ދެން މިހާރު މަނީ ލޯންޑަރިން ކުރާ ވާހަކައާއި، އޭގެ އިތުރުން އަޅުގަނޑު ފެމިލީއާއި އެކު މޫދަށް ގޮސްފައި ހުއްޓައި، ހަމަ ޕަބްލިކްގައި މިއުޅެނީ އިނގޭތޯ، ކޮންމެހެން ފިލައިގެންނެއްވެސް ނޫން، އެކަމަކު އެކަހަލަ ފޮޓޯ ޝާޢިއުކޮށް އޭގެ ތިރީގައި ބޭއަދަބީ ބަސްތައް ބޭނުންކޮށް، ފާހިޝްކަންކަން އަޅުގަނޑު ހިންގާކަމަށް ދޭހަވާގޮތަށް އޭގެ ތިރީގައި ލިިޔެފައި'' އިބްރާހީމް މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަގީގަތުގައި އެއީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. އަދި މީހުން އަބުރަށް އަރައިގަތުމާއި، ސިޔާސީ ގޮތުން ކަތިލުމަކީ މިއީ ވަރަށް ހަޑިސިފައެެއް ކަމަށާއި، އެއީ ލިބަރަލް ސޮސައިޓީ ތަކުގައި ކުރާކަމެއް ކަމަށް ވިދާޅުވިއެވެ.

''އެކަން އެ ކުރަނީ، އޭގެ ފަހަތަކުން އަޅުގަނޑަކަށް ނުދެވޭނެ، ހަމަ ބުހުތާން ދޮގު'' މެމްބަރު ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވީ، އެއީ ހަގީގަތުގައި އޭނާ އަށް އަމާޒުވާ ހަަމަލާތަކެއް ނޫންކަމަށާއި، އެއީ އޭނާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ޢާއިލާ ގުޅުން އޮންނާތީ ފަސްޓްލޭޑީ އާއި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއް ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަކި ސިޔާސީ މީހަކު ބުނިބުނުމަކަށް ދިވެހިންގެ އުންމީދުތައް ''ޕާކުކޮށްފައި'' ނުބެހެއްޓޭނެ: އިބްރާހީމް މުހައްމަދުޚަބަރު | 2 މަސް ކުރިންއެމްޑީޕީން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި މި ސަރުކާރުން ދެއްކުން: މެމްބަރު އިބްރާހީމް މުހައްމަދުގެ ތަރުޖަމާޚަބަރު | 3 މަސް ކުރިންމަނީލޯންޑަރިންގެ ތުހުމަތަކީ ހަސަދަވެރިން ފަތުރާ ބުހުތާން ދޮގެއް: އިބްރާހީމް މުހައްމަދުޚަބަރު | 3 މަސް ކުރިންނޫސްވެރިންގެ ނަމުގައި ސިޔާސީ މަދުބަޔަކު ކުރާ ޢަމަލުތަކުން ރަނގަޅު ނޫސްވެރިންގެ އަގުވެއްޓޭނެ: އިބްރާހިމް މުހައްމަދުޚަބަރު | 4 މަސް ކުރިން