logo
ޚަބަރު

އަސާސީ ކާބޯތަކެތީގެ ލިސްޓު އެކުލަވާލާނީ ހައުސްހޯލްޑް އިންކަމްއަށް ބަލާފައި: ވަޒީރު ސައީދު

އައިޝަތު ނަޝާ
13 ސެޕްޓެމްބަރު 2025 - 05:57
އަސާސީ ކާބޯތަކެތީގެ ލިސްޓު އެކުލަވާލާނީ ހައުސްހޯލްޑް އިންކަމްއަށް ބަލާފައި: ވަޒީރު ސައީދު

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު 23 ބާވަތާއި ހަނޑޫ، ހަކުރު، ފުށް ވެސް ލިބޭނެކަން ކަށަވަރުކުރަން އެސްޓީއޯއިން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ވަޒީރު ވިދާޅުވީ 1965 އަށް ފަހު މި އަހަރުގެ ސެޕްޓެންބަރު 10 ގައި އައީ ވަރަށް ބޮޑު ބަދަލެއް ކަމަށެވެ.

އަސާސީ ތިން ބާވަތް، ހަނޑޫ، ހަކުރު އަދި ފުށުގެ ތެރެއަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ރައްޔިތުންގެ ބޭނުމަށް ކޮންސިއުމްކުރަން ގެންނަ 10 ބާވަތެއްގެ ތަރުކާރީއާއި، 10 ބާވަތެއްގެ މޭވާ އާއި އަދި އޭގެ އިތުރަށް ތިން ބާވަތަކާއެކު ޖުމުލަ 23 ބާވަތެއް އިތުރުވެގެން އައި ކަމަށް  މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެސް.ޓީ.އޯ އިން މަސައްކަތް ކުރާނީ މި 23 ބާވަތާއި އޭގެ އިތުރަށް ހަނޑޫ، ހަކުރު، ފުށް ވެސް ލިބޭނެކަން ކަށަވަރުކުރަން ކަމަށެވެ.

 މި ބައްދަލުވުމުގައި ވަޒީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކޮންސިއުމްކުރަން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކޮން ބާވަތެއްގެ ތަރުކާރީއެއްތޯ އާއި ކޮން ބާވަތެއްގެ މޭވާއެއްތޯ ކޮންމެ އަހަރަކުވެސް ރިވިއުކޮށް، އަސާސީ ކާބޯތަކެތީގެ ލިސްޓު އެކުލަވާލާނީ ހައުސްހޯލްޑް އިންކަމް އަށްވެސް ބަލާފައި ކަމުގައި ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ކާބޯތަކެތީގެ ލިސްޓު އެކުލަވާލާނީ ހައުސްހޯލްޑް އިންކަމްއަށް ބަލާފައި: ވަޒީރު ސައީދުޚަބަރު | 6 ގަޑިއިރު ކުރިންރައީސް މުއިއްޒުގެ އަމާޒަކީ ރައްޔިތުންނަށް ދޭ ޓައިމްލައިންއާ އެއްގޮތަށް މަޝްރޫއުތައް ނިންމުން: ސައީދު ޚަބަރު | 2 މަސް ކުރިން