ޕޯޓްގެ ބައެއް ހިދުމަތްތައް އޮކްޓޫބަރު މަހު ތިލަފުށްޓަށް ބަދަލު ކުރަނީ، އިގްތިސޯދު އެހެން ހަރުފަތަކަށްދާނެ: ސައީދު
13 އޯގަސްޓު 2026 - 15:36
ޕޯޓްގެ ބައެއް ހިދުމަތްތައް އޮކްޓޫބަރު މަހު ތިލަފުށްޓަށް ބަދަލު ކުރަން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި ހުރަސްތައް ފުނިޖެހެމުން އައިކަން ސަރުކާރުތަކަށް ފެނުނު ކަމަށެވެ. އަދި އެފަދަ ގޮންޖެހުމަކަށް ވެފައިއޮތް ބޮޑު އެއްމައްސަލަ އަކީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާބޭލުމަށް ދިމާވަމުންދާ ދަތިތައް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ސައީދު ވަނީ ތިލަފުށީ ޕޯޓްގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ވިޔަފާރިވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

Ad by Hajj Corporation
މިނިސްޓަރު ވިދާޅުވީ ފާއިތުވެދިޔަތާނގައި ސަރުކާރުތައް އައިސް ގޮސް ޒަމާންބަދަލުވިއިރުވެސް މިމައްސަލަ އޮތީ އޮތް ހިސާބެއްގައި ތާށިވެފަ ކަމަށެވެ. އަދި މައްސަލައިގެ ޙައްލުހޯދިފައެއްނެތް ނަމަވެސް، މިއަދު އެކަންވެސް އެދަނީ ބަދަލުވަމުން، ޢަމަލީ ސިފަޖެހެމުން ކަމަސް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވާނެ ކަމަށެވެ. އަދި ރިޔާސީބަޔާނުގައި އެމަނިކުފާނު ވިދާޅުވި ފަދައިން ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް ނޮވެންބަރު 2027އަށް ނިންމުމުގެ މަސައްކަތް އެދަނީ ކުރިޔަށް ކަމަށާއި އަދި އޭގެ އިތުރަށް ވަގުތީ އެތައް އިންތިޒާމް ތަކެއް ހަމަޖެހި ހައްލުތަކެއްވެސް ހޯދަމުންދާ ކަމަށެވެ.

-01.jpg&w=3840&q=75)
