އޮންލައިން ވިޔަފާރިއާއި ޓީޓީގެ ދަތިތައް ނިމުމަކަށް، ކުރީގެ ހާލަތަށް އަންނަނީ ރުޖޫއުއަވަމުން: ސައީދު
13 އޮކްޓޯބަރު 2026 - 11:20

އޮންލައިން ވެބްސައިޓްތަކުން ކުރާ ވިޔަފާރިތަކަށާއި ޓީޓީ ހެދުމަށް ދިމާވެފައިވާ ދަތިތަކަށް މިހާރު ދަނީ ހައްލު ލިބެމުން ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މައްސަލަތައް ތަކުރާރު ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިމާވި ގޮންޖެހުންތައް އެ ކުންފުނިން ހުޝިޔާރުކަމާއެކު މެނޭޖްކޮށްފައިވާ ކަމަށެވެ. އަދި ބޭންކުން މައުލޫމާތު ދިންގޮތުގައި، ބޭރު ފައިސާ ދޫކުރުމާއި ޓީޓީ ހެދުމުގެ ކަންކަން ކުރީގެ އާންމު ހާލަތަށް ގެނައުމަށް މިހާރު ބާރުބާރަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ މައިގަނޑު ސަބަބަކީ، ކުރީގެ ސަރުކާރުތަކުން އިގުތިސޯދާ ނުގުޅޭ ގޮތަށް ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި މިއަދު ދައްކަންޖެހިފައިވުމެވެ.

-01.jpg&w=3840&q=75)
