logo
MPL

MPL

ޚަބަރު

ރާއްޖެއިން ހައްޖަށްދާ މީހުންގެ އިސްވެރިޔާގެ ގޮތުގައި މިނިސްޓަރ ސައީދު

އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ
އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ސައީދު -- ފޮޓޯ/ އިގްތިސާދީ ވުޒާރާ

ރާއްޖެއިން ހައްޖަށްދާ މީހުންގެ އިސްވެރިޔާގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ކަނޑައަޅުއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވަނީ އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ތެރެއިން އެންމެ ފަހު ގްރޫޕު ފުރީ މިއަދު ހެނދުނުއެވެ. އަދި އެމީހުން މިހާރުތިބީ ޖިއްދާގައެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ލިބުނީ 1000 ކޯޓާއެވެ. އެ ކޯޓާއަށް މީހުން ގެންދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. ޙައްޖުވެރިން ސަޢުދީ ޢަރަބިއްޔާއަށް ގެންދިޔުމަށް 4 ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.

ފުރަތަމަ ފްލައިޓުގައި 238 މީހުން ވަނީ ފުރާފައިވެއެވެ. މިމަހުގެ 17 ވަނަ ދުވަހު ދެވަނަ ފްލައިޓުގައި 260 ޙައްޖުވެރިން ފުރާފައިވެއެވެ. މިމަހުގެ 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 252 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތިންވަނަ ފްލައިޓުގައި 250 މީހުން ސަޢޫދިއާ އެއާލައިންގައި ވަނީ ފުރާފައެވެ. އެންމެ ފަހު ފްލައިޓުގައި މެއި 19 ވަނަ ދުވަހު ފުރީ 253 މީހުންނެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހައްޖުވެރިން ފުރަން އޮންނަ ދުވަހުގެ ކުރިން އެމީހުންގެ ފޮށިތައް ނަގާ ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ވަނީ ކޮށްފައެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުވެރިންނަށް ޚާއްސަ ކޮށްގެން ބަސް ދަތުރުތައް ބާއްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޯޓްގެ ބައެއް ހިދުމަތްތައް އޮކްޓޫބަރު މަހު ތިލަފުށްޓަށް ބަދަލު ކުރަނީ، އިގްތިސޯދު އެހެން ހަރުފަތަކަށްދާނެ: ސައީދުޚަބަރު | 13 ދުވަސް ކުރިންޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | 2 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 3 މަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 3 މަސް ކުރިން