logo
ކުޅިވަރު

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށް

ނުހާ އަޙްމަދު
13 ސެޕްޓެމްބަރު 2025 - 11:22
17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށް

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ސްރީލަންކާއަށް ފުރައިފިއެވެ.

ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 27 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއާ އެކު ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި، ބޫޓާން އަދި ޕާކިސްތާނެއެވެ. އަދި މި މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝް އާއި، ނޭޕާލް އަދި މުބާރާތް ބާއްވާ ލަންކާ ހިމެނިފަވަނީ ގުރޫޕް އޭގައެވެ.

މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މުބާރާތަކީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ސޮބާހު މުޙައްމަދު ހަވާލުވި ފަހުން، އެ ޓީމުން ކުޅޭ ފުރަތަމަ މުބާރާތެވެ.

ސާފް ޗެމްޕިއަންޝިޕަށްފަހު 17 އަހަރުން ދަށުގެ ޓީމު ތައްޔާރުވާނީ އަންނަ އަހަރު ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކަށެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫފް އެފްގައެވެ.

ސައުދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 30 އަށް ތައިލެންޑުގެ ޗޮންބުރީއެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ތުރުކުމެނިސްތާނާއި، މޮންގޯލިއާ އާއި، ކުވެއިތު އަދި ތައިލެންޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށްކުޅިވަރު | 13 ގަޑިއިރު ކުރިންސާފް ޗެންޕިއަންޝިޕް ފަސްކޮށްފިކުޅިވަރު | 5 މަސް ކުރިންޤައުމީ އަންހެން ޓީމު ސާފް ޗެމްޕިއަންޝިޕަށް ފުރައިފިކުޅިވަރު | އަހަރެއް ކުރިންޔޫތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުރިމަތިލާނީ ވަރުގަދަ ދެ ޓީމާކުޅިވަރު | އަހަރެއް ކުރިން