logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެންޕިއަން ބަންގްލަދޭޝްއަށް

އަބްދުﷲ ޣާނިމް
1 އޭޕްރީލު 2026 - 15:17
ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެންޕިއަން ބަންގްލަދޭޝްއަށް

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށް، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ބަންގްލަދޭޝް ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ފޯރިގަދަ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަލުވި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑު ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ އެމްޑީ މަނިކް އެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ކޯނަރަކުން ފާޕޯސްޓަށް އައި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ބަންގްލަދޭޝްގެ ރޮނަން ބެންޖަމިން އިތުރު ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޕާލަށް ނަތީޖާ ހަމަހަމަކުރަން މެޗުގެ 15 ވަނަ މިނެޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ސުބާޝް ބަމް އަށް ލިބުނު މި ފުރުސަތު ބަންގްލަދޭޝްގެ ކީޕަރު އިސްމީއަލް ހުސެއިން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، ނަޒްމުލް ހުދާ ފޭސަލްއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ދެވަނަ ހާފުގައި ނޭޕާލުން ކުޅުން ރަނގަޅުކޮށް، ބޯޅަ ހިފަހައްޓައިގެން ގިނަ އެޓޭކްތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ސުބާޝް ފޮނުވާލި ހިލޭޖެހުން ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފަހުކޮޅު ބަންގްލަދޭޝްއިން ބޮޑަށް ފަހަތަށް ޖެހި، ލިބިފައިވާ ލީޑު ދަމަހައްޓަން މަސައްކަތް ކުރި ނަމަވެސް ނޭޕާލަށް ބަންގްލަދޭޝްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މި މޮޅާއެކު ބަންގްލަދޭޝް ފައިނަލަށް ދަތުރުކުރިއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރަން ޖެހޭނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އިންޑިއާ އާއި ބޫޓާން ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެންޕިއަން ބަންގްލަދޭޝްއަށްކުޅިވަރު | 2 ގަޑިއިރު ކުރިންނޭޕާލް އަތުން އެއްވަރުވެ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕު ނިމިއްޖެކުޅިވަރު | 5 ދުވަސް ކުރިން20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | 11 ދުވަސް ކުރިންގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ އަކީ ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސްކުޅިވަރު | 2 މަސް ކުރިން