logo
Bank of Maldives

Bank of Maldives

ޚަބަރު

އަލިބާބާގެ ވޯކްޝޮޕް ރަޖިސްޓަރީ ގައި 448 ބައިވެރިން, އަންގާރަދުވަހު ފަށަނީ

އައިޝަތު ނަޝާ
14 ސެޕްޓެމްބަރު 2025 - 12:46
އަލިބާބާގެ ވޯކްޝޮޕް ރަޖިސްޓަރީ ގައި 448 ބައިވެރިން, އަންގާރަދުވަހު ފަށަނީ

އަލިބާބާ ވޯކްޝޮޕް ރަޖިސްޓްރީގައި މިހާރުވެސް 448 ބައިވެރިންއެބަތިބިކަމަށާއި އަންގާރަދުވަހު މި ވޯކް ޝޮޕް ފެށިގެން ދާނެކަމަށްއިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މެންދުރަށް މައުލޫމާތުދިން ގޮތުގައި ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން ކުރިއަށްގެންދާ ވޯކް ޝޮޕެކެވެ.

މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ސަޢީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވޯކްޝޮޕް ކުރިޔަށްދާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށާއި، މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެއް ކަމަށެވެ.

މި ވޯކްޝޮޕްގައި މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

700 އަށްވުރެ ގިނަ ބައިވެރިންނާއެކު އަލީބާބާ ވޯކްޝޮޕް ފަށައިފި ޚަބަރު | 4 ގަޑިއިރު ކުރިންއަލިބާބާގެ ވޯކްޝޮޕް ރަޖިސްޓަރީ ގައި 448 ބައިވެރިން, އަންގާރަދުވަހު ފަށަނީޚަބަރު | 2 ދުވަސް ކުރިންބާޒާރުގެ އަގުތައް އެނގޭނެ "އަގުމަގު ޕޯޓަލް" ލޯންޗްކޮށްފިޚަބަރު | 7 މަސް ކުރިން