logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ޕްރޮގްރާމް އޭޕްރީލް މަހު ފަށަނީ

އައިޝަތު ނަޝާ
6 ނޮވެމްބަރު 2025 - 04:19
ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ޕްރޮގްރާމް  އޭޕްރީލް މަހު ފަށަނީ

ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު އަންނަ އަހަރުގެ އޭޕްރީލް މަހު ފަށަން ނިންމާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅު ވެއްޖެއެވެ.

ވަޒީރު މިކަން އިއުލާން ކުރެއްވީ، ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ގެ ނަމުން ނަން ދެވިފައިވާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމްއަކީ އިޤްތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށެވެ.

 

އަދި މިއީ ރާއްޖެއަށް ޒިންމާދާރު އިންވެސްޓުމަންޓުތައް ގެނައުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށާއި، އީޖާދީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތަކަށް ދެމިގެންދާ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނައުމުުގެ ފުރުސަތު މި ޕްރޮގްރާމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި ޕްރޮގްރާމު ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖުލައި މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއްގައި ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލާފައެވެ. މި ޕްރޮގްރާމަކީ އިންވެސްޓް ކުރުމުން ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފުރުޞަތު ލިބޭ ޕްރޮގްރާމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ޕްރޮގްރާމް އޭޕްރީލް މަހު ފަށަނީޚަބަރު | 4 ގަޑިއިރު ކުރިން 700 އަށްވުރެ ގިނަ ބައިވެރިންނާއެކު އަލީބާބާ ވޯކްޝޮޕް ފަށައިފި ޚަބަރު | 2 މަސް ކުރިންއަލިބާބާގެ ވޯކްޝޮޕް ރަޖިސްޓަރީ ގައި 448 ބައިވެރިން, އަންގާރަދުވަހު ފަށަނީޚަބަރު | 2 މަސް ކުރިންބާޒާރުގެ އަގުތައް އެނގޭނެ "އަގުމަގު ޕޯޓަލް" ލޯންޗްކޮށްފިޚަބަރު | 8 މަސް ކުރިން