logo
Bank of Maldives

Bank of Maldives

ޚަބަރު

އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ފިހާރަތަކަށް ހުޅުވާލައިފި

އައިޝަތު ނަޝާ
12 އޯގަސްޓު 2026 - 08:05
އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ފިހާރަތަކަށް ހުޅުވާލައިފި

ކަސްޓަމަރުންނަށް މުދަލުގެ އަގުތަކާ ބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ "އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް ހުޅުވާލައިފި އެވެ.

މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް އެ ބޭފުޅުންގެ މުދާ އިޝްތިހާރުކުރުމަށާއި، ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި ހުރި ތަންތަނާއި އަގުތައް ބަލާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަގުމަގު ޕޯޓަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ޕޯޓަލްގައި ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ކިޔުއާރު (QR) ކޯޑު ސްކޭންކޮށްލައިގެން ނުވަތަ ރަޖިސްޓްރީވުމަށް ޚާއްޞަކުރެވިފައިވާ ލިންކު (https://agumagu.trade.gov.mv/store-onboarding) މެދުވެރިކޮށް ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެއެވެ.

ވިޔަފާރިވެރިން މި ޕޯޓަލްއާ ގުޅިވަޑައިގަތުމަކީ، ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ ގިނަ އަދަދެއްގެ ކަސްޓަމަރުންނާ ހަމައަށް ފިހާރައިގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަގުމަގު ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ފިހާރަތަކަށް ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންޤަވާއިދާ ޚިލާފަށް ހިންގި 107 ވިޔަފާރިއެއް ބަންދުކޮށްފިޚަބަރު | 9 ދުވަސް ކުރިންރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ޕްރޮގްރާމް އޭޕްރީލް މަހު ފަށަނީޚަބަރު | 9 މަސް ކުރިން 700 އަށްވުރެ ގިނަ ބައިވެރިންނާއެކު އަލީބާބާ ވޯކްޝޮޕް ފަށައިފި ޚަބަރު | އަހަރެއް ކުރިން