logo
MPL

MPL

ޚަބަރު

ރާއްޖެއަށް ބޭސް ގެންނަ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހް

އާމިނަތު ޝަފާ
14 ސެޕްޓެމްބަރު 2025 - 12:49
ރާއްޖެއަށް ބޭސް ގެންނަ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހް

ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ޑރ. ޝާހް މާހިރު އައްޔަން ކުރައްވައިފިއެވެ.

ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

އެ ކުންފުނީގެ ބޯޑަށް 3 މެންބަރަކު އައްޔަން ކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ން އިއުލާންކޮށްފައިވާއިރު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ޑރ. ޝާހް މާހިރު، ބޯޑު މެންބަރު ކަމަށް އާއިޝަތު މުހައްމަދު ބޯޑު މެންބަރު ކަމަށް ޝިބާނާ އަބްދުﷲ ދީދީ ވަނީ އައްޔަން ކުރައްވާފައެވެ.

ޑރ. ޝާހް މާހިރު އެންމެ ފަހުން ހުންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިޔުޓީ ސީއީއޯގެ މަގާމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ފަސޭހާ ކުރުމަށް ތައްޔާރުކުރާ ހާއްސަ ޕޯޓަލް މި ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ: ސްޓޭޓް ފާމާޚަބަރު | 36 މިނިޓު ކުރިންފާމަސިސްޓުން ތަމްރީނު ކުރުމަށް ހާއްސަ ކޯހެއް ހިންގަނީޚަބަރު | 3 މަސް ކުރިންބޭސް އެތެރެކުރުން ސްޓޭޓް ފާމާއާ ހަވާލުކުރަނީޚަބަރު | 6 މަސް ކުރިންރާއްޖެއަށް ބޭސް ގެންނަ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހްޚަބަރު | އަހަރެއް ކުރިން