logo
MPL

MPL

ޚަބަރު

ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ފަސޭހާ ކުރުމަށް ތައްޔާރުކުރާ ހާއްސަ ޕޯޓަލް މި ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ: ސްޓޭޓް ފާމާ

އަޙުމަދު ރިޝާން
12 ނޮވެމްބަރު 2026 - 07:29
ބޭސް ހޯދުމުގައި  ދިމާވާ ދަތިތައް ފަސޭހާ ކުރުމަށް ތައްޔާރުކުރާ ހާއްސަ ޕޯޓަލް މި ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ: ސްޓޭޓް ފާމާ

ގައުމީ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ބޭސް ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައްޔާރުކުރަމުންދާ ހާއްސަ ޕޯޓަލް މި ނޮވެމްބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފެށޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ އެނގޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއީ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަހުމަދު ޒިޔާއު ސައީދު ވިދާޅުވީ، އިންސާނީ ވަސީލަތް މަދުކޮށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރީއާއިން މަސައްކަތް އަވަސްކޮށް، ރައްޔިތުންނާ ހަމައަށް ބޭސް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުޑަކުރުމަކީ އެންމެ އިސްކަމެއްދޭ ކަންތައް ކަމަށެވެ. ޒިޔާއު ފާހަގަކުރެއްވި ގޮތުގައި، ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަކަށްވާތީ، ޕޯޓަލް ލޯންޗު ކުރުމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭހެއްގެ އަގު ވަގުތުން ބަލާލެވޭނެއެވެ. މިއާއެކު އެއް ފާމަސީން އަނެއް ފާމަސީއަށް ބޭސް ހޯދަން ދުއްވަންޖެހޭޖެހުން ހުއްޓުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސިސްޓަމްގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވި، ކުރިއަށް އޮތް އަހަރަށް ބޭނުންވާ ކޮލެޓީ ރަނގަޅު ބޭސް ހުސްނުވެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަށަވަރު ކުރެވޭނެ ކަމަށް ސްޓޭޓް ފާމާއިން މައުލޫމާތުދެ އެވެ. އަދި ދުރާލާ ބޭސް ދެނެގަނެވިއްޖެނަމަ، ދިގު މުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ފަސޭހާ ކުރުމަށް ތައްޔާރުކުރާ ހާއްސަ ޕޯޓަލް މި ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ: ސްޓޭޓް ފާމާޚަބަރު | 26 މިނިޓު ކުރިންފާމަސިސްޓުން ތަމްރީނު ކުރުމަށް ހާއްސަ ކޯހެއް ހިންގަނީޚަބަރު | 3 މަސް ކުރިންބޭސް އެތެރެކުރުން ސްޓޭޓް ފާމާއާ ހަވާލުކުރަނީޚަބަރު | 6 މަސް ކުރިންރާއްޖެއަށް ބޭސް ގެންނަ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހްޚަބަރު | އަހަރެއް ކުރިން