logo
MPL

MPL

ޚަބަރު

ފާމަސިސްޓުން ތަމްރީނު ކުރުމަށް ހާއްސަ ކޯހެއް ހިންގަނީ

އަޙުމަދު ރިޝާން
28 ޖުލައި 2026 - 12:32
އެސްޓީއޯ ފާމަސީއެއް
އެސްޓީއޯ ފާމަސީއެއް

 ފާމަސިސްޓުންނަށް ހާއްސަކޮށްގެން ރިފްރެޝާ ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ބުނެފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް، ސްޓޭޓް ފާމަސޫޓިކަލްސްއިން ދަނީ ކުރަމުންނެވެ. މިދިޔަ މަހު އެކަނި ވެސް 30 ވުރެ ގިނަ ފާމަސިސްޓުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. ސްޓޭޓްފާމާއިން ބުނީ މިފަދަ ތަމްރީނު ކޯސްތަކެއް ކުރިޔަށް ގެންދަނީ މި ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަމުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ސްޓޭޓް ފާމަސޫޓިކަލްސްއިން ބުނީ ފާމަސީ ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބަދަލުވުމުގައި މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި ކިޔަވައިގެން ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް ކުންފުނިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް  ކޯސްތައް ހިންގުން ހިމެނެ އެވެ. ކމީގެ ސަބަބުން ދިވެހި ޒުވާނުންނަށް އެކުންފުނީގައި އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ފާހަގަ ކުރި އެވެ.

ބޭހާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ދަނީ ކުރަމުންނެއެވެ. އެގޮތުން ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ޚާއްސަ ޕޯޓަލެއް މިއަހަރުތެރޭ ހުޅުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ފަސޭހާ ކުރުމަށް ތައްޔާރުކުރާ ހާއްސަ ޕޯޓަލް މި ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ: ސްޓޭޓް ފާމާޚަބަރު | 36 މިނިޓު ކުރިންފާމަސިސްޓުން ތަމްރީނު ކުރުމަށް ހާއްސަ ކޯހެއް ހިންގަނީޚަބަރު | 3 މަސް ކުރިންބޭސް އެތެރެކުރުން ސްޓޭޓް ފާމާއާ ހަވާލުކުރަނީޚަބަރު | 6 މަސް ކުރިންރާއްޖެއަށް ބޭސް ގެންނަ ސަރުކާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. ޝާހްޚަބަރު | އަހަރެއް ކުރިން