އަމިއްލަ މަސައްކަތް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ
.jpg&w=96&q=75)
27 ސެޕްޓެމްބަރު 2024 - 13:12

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ފަށައިފިއެވެ.
މިއަދު ބީސީސީން ނެރުނު އިއުލާނެއްގައި ބުނީ، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަނީ، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، އެ ފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން އެ ފަދަ ފަރާތްތަކަށް ވިޔަފާރީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

Ad by Hajj Corporation
އެގޮތުން އެ ކޯޕަރޭޝަނުން ނެރުނު ދަފުތަރު ކުރުމުގެ އުސޫލުގައި ބުނާ ގޮތުން، އެ ކޯޕަރޭޝަނުގެ ދަފުތަރުގައި ރަޖިސްޓްރީ ވެވޭނީ ހަތަރު ޝަރުތެއް ފުރިހަމަވާނަމައެވެ. އެ ޝަރުތުތަކަކީ:
- ދިވެހި ރައްޔިތަކު ކަމުގައި ވުން
- އުމުރުން 18 އަހަރު ވެފައި ވުން
- ވަޒީފާގެ އެއްބަސްވުމަކާ ނުލައި އާމްދަނީއެއް ހޯދަން އިގުތިސޯދީ ހަރަކާތެއް ހިންގާ ފަރުދަކަށް ވުން
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރުން ލާޒިމު މީހަކަށް ނުވުން
މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، އެ ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް، އެ ފަރާތެއް ދަފުތަރު ކުރެވުނު ކަމުގެ ލިޔުމެއް އެ ކޯޕަރޭޝަނުން އާންމުކުރާނެއެވެ. އެ ދަފުތަރުގައި އެ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހެނީ ބީސީސީން ފޯރުކޮށްދިން "ސެލްފް އެމްޕްލޯއިމެންޓް ޕާސަންސް ރަޖިސްޓްރީ" މެދުވެރިކޮށެވެ.