logo
Bank of Maldives

Bank of Maldives

ކުޅިވަރު

17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް އައިދު

އަބްދުﷲ ޣާނިމް
15 ސެޕްޓެމްބަރު 2025 - 05:26
ފޮޓޯ: ދަޢުލަތުގެ މީޑިއާ
ފޮޓޯ: ދަޢުލަތުގެ މީޑިއާ

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެލެންސިއާގެ ހުނަރުވެރި ފޯވާޑް އައިދު މުޙައްމަދު ޖަވީޒަށް ހަވާލުކޮށްފިއެވެ.

އައިދަކީ އެންމެ ފަހުން ބޭއްވި އެފްއޭއެމް ޔޫތު ލީގުގެ 16 އަހަރުން ދަށުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ބެލުމުގެ ދަށުން ވެލެންސިއާގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުންދާ އައިދަކީ މި ފަހަރުގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.
މިއަދު ބޭއްވުނު މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ ސެޝަނުގައި އައިދު ވަނީ 17 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދާއެކު ޓްރޮފީ ދައްކާލުމުގެ ހާއްސަ ރަސްމިއްޔާތާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުގައި ދިވެހިރާއްޖެ ހިމެނެނީ އިންޑިޔާ، ޕާކިސްތާން އަދި ބޫޓާނާއެކު ގްރޫޕް ބީގައެވެ. ރާއްޖޭގެ ފުރަތަމަ މެޗު މާދަމާ ކުޅޭނީ އިންޑިޔާއާ ދެކޮޅަށެވެ. އޭގެ ފަހުން މި މަހުގެ 19 ވަނަ ދުވަހު ޕާކިސްތާނާ ކުޅުމަށްފަހު، ގްރޫޕް މެޗުތަކުގެ ފަހު މެޗުގައި ސެޕްޓެމްބަރު 22 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭނެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދެވޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. މުބާރާތް ކުރިއަށްދާނީ މި މަހުގެ 15 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗުވެސް ފަލަސްޠީނުން ކާމިޔާބުކޮށްފިކުޅިވަރު | 4 މަސް ކުރިންމުބާރާތުގެ ތަށި ނެގުމަށްފަހު އައިހަމް އެދުނީ މާފަށްކުޅިވަރު | 4 މަސް ކުރިންއައު ތިން ކުޅުންތެރިންނާއެކު ޤައުމީ ސްކޮޑްގެ އިޢުލާނުކޮށްފިކުޅިވަރު | 4 މަސް ކުރިންރާއްޖެ ތަޖިކިސްތާނު އަތުން ބަލިވެއްޖެކުޅިވަރު | 5 މަސް ކުރިން