logo
Bank of Maldives

Bank of Maldives

ކުޅިވަރު

މުބާރާތުގެ ތަށި ނެގުމަށްފަހު އައިހަމް އެދުނީ މާފަށް

އަބްދުﷲ ޣާނިމް
14 ނޮވެމްބަރު 2025 - 16:56
ފޮޓޯ: އައިހަމް (އިންސްޓަގްރާމް)
ފޮޓޯ: އައިހަމް (އިންސްޓަގްރާމް)

އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗަށް ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި ބައިވެރިނުވެ، ފުޓްސަލް މުބާރާތެއް ކުޅެން ދިޔަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ)، އޭނާގެ ފަރާތުން ކުރެވުނު ކުށަށް މާފަށް އެދިއްޖެ އެވެ. އައިހަމް މާފަށް އެދިފައިވަނީ އޭނާ ޤައުމީ ޓީމުގެ ޕްރެކްޓިސް ދޫކޮށްލައިގެން ކުޅުނު ތިލައުތުރު ފުޓްސަލް މުބާރާތުގެ ތަށި އޭނާގެ ރަށް ހއ.އުތީމަށް ހޯދައިދިނުމަށް ފަހުގަ އެވެ.

ގައުމީ ޓީމުން މި މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ އޭޝިއަަން ކަޕްގެ ކޮލިފައިން މެޗަށް ޕްރެކްޓިސްތައް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު ހަވީރެވެ. އެފްއޭއެމުން 25 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައިގެން ފެށި މި ޕްރެކްޓިސް ސެޝަނުގައި އައިހަމް ބައިވެރިނުވެ، އެރޭ ވަނީ އުތީމު ޓީމަށް ތިލައުތުރު ފުޓްސަލް މުބާރާތުގައި ކުޅެފަ އެވެ. މިކަމާ ގުޅިގެން އެފްއޭއެމް އިން ވަނީ އައިހަމް ގައުމީ ސްކޮޑުން ބާކީކުރިކަން ބަޔާނެއް ނެރެ އިއުލާނުކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިހަމް ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލާއި، ސެމީ ފައިނަލް އަދި ފައިނަލް މެޗުގައި ވެސް މޮޅު ކުޅުމެއްދައްކައި، އުތީމަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތް ނިމުމަށްފަހު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ނެރުނު ބަޔާނެއްގައި، އޭނާގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެން ގައުމީ ޓީމުގެ ސްކޮޑުން ވަކިވާން ޖެހުމުގެ ސަބަބުން، އެފްއޭއެމާއި، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނާއި، ޓީމޭޓުންނާއި، ދިވެހި ފުޓްބޯޅައިގެ ހުރިހާ ސަޕޯޓަރުންގެ ކިބައިން އިޚްލާސްތެރިކަމާއެކު މާފަށް އެދޭކަމަށް ބުނެފައިވެ އެވެ.

އައިހަމް ވަނީ އޭނާގެ ކުށުގެ ޒިންމާ ނަގައި، އޭނާގެ ހަރަކާތްތައް ހުރީ ޕްރޮފެޝަނަލްކޮށް ނޫންކަން ގަބޫލުކޮށްފަ އެވެ. އޭނާ ލިޔެފައިވެ އެވެ: "އަހަންނަށް ކުރެވުނު ކުށުގެ ޒިންމާ މުޅިއެއްކޮށް އަހަރެން ނަގަން. އަހަރެންގެ ހަރަކާތްތައް ހުރީ ވަަރަށް އަންޕްރޮފެޝަނަލްކޮށް، ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ މިންގަނޑާ އެއް ހަމައެއްގައެއް ނޫން."

އައިހަމް ވަނީ ގައުމީ ޓީމަށް ދޭ އަހައްމިއްޔަތުކަމާ މެދު ސުވާލު އުފައްދަން ޖާގަ ދެވުނީތީ ހިތާމަކުރާ ކަމަށް ވެސް ބުނެފަ އެވެ. އަދި އައިހަމް ވަނީ ކުރެވުނު ކަންތައްތަކުން އިބުރަތް ހާސިލްކޮށް، އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކުރިއަށްދިއުމަށާއި، ކުޅުންތެރިއެއްގެ ގޮތުގަޔާއި ޕްރޮފެޝަނަލެއްގެ ގޮތުގައި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމުގެ އަޒުމުގައި ހުރިކަން ހާމަކޮށްފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުބާރާތުގެ ތަށި ނެގުމަށްފަހު އައިހަމް އެދުނީ މާފަށްކުޅިވަރު | ގަޑިއިރެއް ކުރިންއައު ތިން ކުޅުންތެރިންނާއެކު ޤައުމީ ސްކޮޑްގެ އިޢުލާނުކޮށްފިކުޅިވަރު | 5 ދުވަސް ކުރިންރާއްޖެ ތަޖިކިސްތާނު އަތުން ބަލިވެއްޖެކުޅިވަރު | މަހެއް ކުރިންހަތަރު އަހަރުފަހުން ޤައުމީ ޓީމު ގަލޮޅު ދަނޑަށް ނިކުންނަނީކުޅިވަރު | މަހެއް ކުރިން