logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މާޒިޔާއިން ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2025 - 06:33
ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މާޒިޔާއިން ކާމިޔާބުކޮށްފި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުން 2-0 ލަނޑުން ކާމިޔާބުކޮށްފިއެވެ. މިއީ މި ޝީލްޑް މާޒިޔާއިން ކާމިޔާބުކުރި ހަވަނަ ފަހަރެވެ.

ދޮޅު އަހަރަށްފަހު ރާއްޖޭގައި ފުރަތަމަ ޑިވިޝަންގެ މުބާރާތްތައް ފެށުމަށް ކުޅެވުނު މި މެޗުގައި މާޒިޔާގެ ފަރާތުން ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމް އާއި ނާއިޒު ހަސަންއެވެ. ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ދައްކައި، މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއަށް ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އައިހަމް ފޮނުވާލި ބޯޅަ އީގަލްސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ގޯލަށް ވަނުމުންނެވެ. ދެވަނަ ލަނޑު ޖެހީ 57 ވަނަ މިނެޓުގައި ނާއިޒު ހަސަންއެވެ. މިއީ އައިހަމް އޭރިޔާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅައެއް ގޯލް އޭރިޔާ ތެރެއިން ކީޕަރު ނުކުތް ވަގުތު ނާއިޒު ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން މޮޅުވުމާއެކު މާޒިޔާއަށް ލިބުނު ޗެރިޓީ ޝީލްޑްގެ ފައިސާގެ އެއްބައި އެ ޓީމުން ވަނީ ރާއްޖޭގައި ލޮލުގެ ފެނުމުން މަހުރޫމްވެފައި ތިބޭ ކުދިންގެ ޖަމްއިއްޔާއަށް ހަދިޔާކޮށްފައެވެ. މެޗަށްފަހު ޝީލްޑް މާޒިޔާއާ ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއުއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މާޒިޔާއިން އެންމެ ފަހުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރުގަދަ މާޒިޔާ ކަޓުވާލައި ބުރުން އެފްއޭ ކަޕް ސެމީގެ ފަަހު ޖާގަ ހޯދައިފިކުޅިވަރު | މަހެއް ކުރިންޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | 3 މަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 3 މަސް ކުރިންތާވަލުގެ ފުލުގައި އޮތް ޓީސީއަތުން ބަލިވެ މާޒިޔާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށްކުޅިވަރު | 5 މަސް ކުރިން