logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

އައިޝަތު ނަޝާ
16 ސެޕްޓެމްބަރު 2025 - 11:42
ރައީސް ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް، މއ.ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މ.ފަލްކަންގެ، މުޙައްމަދު ނާޞިޙް މިއަދު ވަނީ ޢައްޔަންކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެބޭފުން މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވެވި މި ދެ ބޭފުޅުންވެސް އެ މަގާމުތަކަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަން ކުރެއްވުމަށް ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ނާސިޙް އައްޔަން ކުރެއްވުމަށް ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ.

ސިވިލް ސަރވިސް ކޮމިޝަން އެކުލެވިގެން ވަނީ 5 މެންބަރުންގެ މައްޗަށެވެ.

އެއީ އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒާއި ނައިބު ރައީސް މުޙައްމަދު ނާޞިހް އަދި މެންބަރުން ކަމަށްވާ ފާތިމަތު ހަބީބާއާއި ޑރ. ދީބާ މޫސާ އާއި ޑރ. ހުސައިން ފާއިޒެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިން