logo
Bank of Maldives

Bank of Maldives

ޚަބަރު

ރިޓަޔަރކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އޮފީހުން އެދިއްޖެ

ޒިދާން މުޙައްމަދު
19 ޖެނުއަރީ 2026 - 12:55
ރިޓަޔަރކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އޮފީހުން އެދިއްޖެ

ރިޓަޔަރކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެދިއްޖެއެވެ.

ސިވިލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެމީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭގޮތަށް ސިވިލް ސަރވިސްގެ ޤަވާއިދު ވަނީ އިސްލާހުކޮށްފައެވެ.

އެ ގޮތަށް އިސްލާހުކުރީ މިދިޔަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ ސިފައިންގެ ރިޓަޔަރމަންޓް ގަވާއިދާއި، ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަދި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ޑިސެންބަރު 2025 ގައި ގެެނެސްފައިވާ އިޞްލާޙުތަކުގެ ދަށުން ރިޓަޔަރމަންޓް ޢިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރކޮށްފައިވާ ފަރާތެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރަން ފަށާފައިވާނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި މަހުން މަހަށް ދެވޭ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލެވޭ ގޮތަށްވަނީ ކަނޑައަޅާފައިކަމަށެވެ.

އެގޮތުން ރިޓަޔަރކުރުމަށްފަހު، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ ފަރާތްތަކަށް، މިމަހުން ފެށިގެން މަހުން މަހަށް ދެވޭ ރިޓަޔަރމަންޓް އިނާޔަތް ދިނުން ވަނީ މެދު ކަނޑާލާފައިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިފަދަ ފަރާތްތަކަށް އަލުން މަހުން މަހަށް ރިޓަޔަރމަންޓް އިނާޔަތް ދޭން ފަށާނީ، ފަހުން އަދާކުރި ވަޒީފާ ނުވަތަ މަގާމުން ވަކިވާ މަހާއި ޖެހިގެން އަންނަ މަހުން ފެށިގެންކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ޕެންޝަން އޮފީހުން ބުނީ ރިޓަޔަރކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން މި މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން އަންގަންވާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ ލުޔެއް ދީފިޚަބަރު | 5 ގަޑިއިރު ކުރިންޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސްޚަބަރު | 20 ދުވަސް ކުރިންޕެންޝަން އޮފީހަށް ޗެއަރޕާސަނަކާއި ބޯޑު މެމްބަރެއް އައްޔަންކޮށްފިޚަބަރު | މަހެއް ކުރިން ޕެންޝަނަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންނަށް ޕެންޝަން ނުލިބޭ އިސްލާހު ފާސްކޮށްފިޚަބަރު | 2 މަސް ކުރިން