logo
Bank of Maldives

Bank of Maldives

ޚަބަރު

ޒިދާން މުޙައްމަދު
3 ޖުލައި 2026 - 11:36
އެޗްޑީސީގެ މުވައްޒަފުންތަކެއް ފޮޓޯ: އެޗްޑިސީ
އެޗްޑީސީގެ މުވައްޒަފުންތަކެއް ފޮޓޯ: އެޗްޑިސީ

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ކުއްލި ހާލަތްތަކުގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ނަމަ، އިތުރު ހުއްދައަކާ ނުލައި 30 މިނެޓުގެ "ބަފަރ ޓައިމް" އެއް ލިބޭ ގޮތަށް އެ ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ. މި ބަދަލަކީ މުވައްޒަފުންނަށް ކުރިމަތިވާ ޚާއްސަ ހާލަތްތަކުގައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ލުޔެކެވެ.

އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން 30 މިނެޓުގެ ތެރޭގައި މުވައްޒަފު ހާޒިރުވެއްޖެ ނަމަ، އެއީ ގަޑިޖެހުން ކަމަކަށް ނުބަލާނެއެވެ. ނަމަވެސް މި ވަގުތުގެ ތެރޭގައި ހާޒިރުވާން ޖެހެނީ ސަބަބު ބަޔާންކޮށް އެޗުއާރު ސެކްޝަނަށް އެންގުމަށްފަހުގައެވެ. އަދި ބަފަރ ޓައިމްގައި ހާޒިރުވާ ވަގުތާ އެއްވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރަން ޖެހޭނެއެވެ. މިސާލަކަށް 8:15 ގައި ހާޒިރުވާ މުވައްޒަފަކު އޮފީސް ނިންމަން ޖެހޭނީ 2:15 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވަނީ މި 30 މިނެޓަށް ވުރެ ފަސްވާ އެއްވެސް ހާލަތެއްގައި ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށެވެ. އެހެންކަމުން 30 މިނެޓަށް ވުރެ ފަސްވެއްޖެ ނަމަ ބަލާނީ ގަޑިޖެހުނީ ކަމަށެވެ.

މި އިސްލާހާއެކު މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގަޑިތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިސްކިތުގެ މުދިމުން ކޮންމެ ނަމާދު ވަގުތެއްގެ 5 މިނެޓު ކުރިން ހާޒިރުވާން ޖެހޭއިރު، މަސައްކަތު މުވައްޒަފުން ނަމާދު ވަގުތުގެ 15 މިނެޓު ކުރިން ހާޒިރުވެ މިސްކިތް ތައްޔާރުކުރަން ޖެހެއެވެ.

މީގެ އިތުރުން، ކޮންމެ ނަމާދު ވަގުތަކާ ގުޅިގެން މަދުވެގެން 30 މިނެޓު މިސްކިތުގައި ހޭދަކުރަން ޖެހޭނެ ކަމަށާއި، މަސައްކަތު މުވައްޒަފުން ދުވާލަކު މަދުވެގެން 5 ގަޑިއިރު މަސައްކަތުގައި ހޭދަކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުކުރި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ ލުޔެއް ދީފިޚަބަރު | 2 ގަޑިއިރު ކުރިންރިޓަޔަރކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އޮފީހުން އެދިއްޖެޚަބަރު | 5 މަސް ކުރިންއަންހެނުންގެ ހެދުން ދެން ހުންނަން ޖެހޭނީ ފަލަމަސްގަނޑަށްވުރެ ކުރު ނުވާގޮތަށް، ލިބާހެއް ވެސް ލެވިދާނެޚަބަރު | 6 މަސް ކުރިންރައީސް ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިޚަބަރު | 10 މަސް ކުރިން