logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފި

ޢައްފާން މުޙައްމަދު
16 ސެޕްޓެމްބަރު 2025 - 13:01
މީގެކުރިން ވާދަކުރި މުބާރާތުގައި ރާއްޖޭގެ ޓީމް --
މީގެކުރިން ވާދަކުރި މުބާރާތުގައި ރާއްޖޭގެ ޓީމް --

މި މަހު ކުރިއަށްދާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމަށް ނެގި ސްކޮޑު އިއުލާނުކޮށްފިއެވެ.

އެފްއޭއެން އިން ވަނީ ކޮލިފައިންގައި ވާދަކުރާ ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިންގެ ނަންތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްކޮޑުގައި ހިމެނެނޭ ކުޅުންތެރިންނަކީ:،

  • އަހްމަދު އަޔާޒް
  • ޝާމިން މުޙައްމަދު
  • އަލީ ޝިޔާޙް
  • އިސްމާއިލް ވަޖީހް
  • ޙުސެއިން ސުހެއިލް
  • މުޙައްމަދު ފާސިރު
  • އަޙްމަދު ރާހިލް
  • އަލީ ޝަމާލް
  • ހުޒެއިފަތު ރަޝީދު
  • އިޝާން އިބްރާޙިމް
  • މުޙައްމަދު އިމްރާން
  • އަލީ ހާފިޒް
  • އަބްދުﷲ ޒިމާމް
  • އަބްދުﷲ ނާސިހް

ޓީމުގެ ކޯޗަކީ އަހުމަދު ނިޔާޒް (ނިޔާ) އެވެ.

ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު އެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.

މި ފަހަރުގެ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން މެޗުތައް ކުޅެން ޖެހެނީ މިޔަންމާގަ އެވެ. ރާއްޖޭގެ ގްރޫޕްގައި ހިމެނެނީ، މިޔަންމާ އާއި އަފްގާނިސްތާން އެވެ. ކޮލިފައިން ފުރަތަމަ މެޗުގައި، މި މަހު 20 ވަނަ ދުވަހު އަފްގާނިސްތާނާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި، 22 ވަނަ ދުވަހު މިޔަންމާއާ ބައްދަލުކުރާނެ އެވެ.

އެންމެ ފަހުން ފީފާ އިން ނެރުނު ފުޓްސަލް ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 106 ވަނައިގަ އެވެ. އޭޝިއާގެ 26 ވަނަ އެވެ. އެއީ، ދެކުނު އޭޝިއާ ސަހަރައްދަށް ބަލާއިރު އެއް ވަނަ އެވެ. އިންޑިއާ އޮތީ 135 ވަަނައިގަ އެވެ. ދެން މި ފަހަރު ކޮލިފައިންގައި ކުޅޭ ޕާކިސްތާން އާއި ބަންގްލަދޭޝް އަދި ރޭންކްކޮށްފައެއް ނުވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އަތޮޅު މުބާރާތަށް ފީފާގެ މާލީ ބޮޑު އެހީއެއްޚަބަރު | 9 ދުވަސް ކުރިންފީފާގެ ރައީސް ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިޚަބަރު | 11 ދުވަސް ކުރިންއިންފަންޓީނޯގެ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒުއާއެކު ފުޓުބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެކުޅިވަރު | 12 ދުވަސް ކުރިން''ފޯރީގައި ދަނޑަށް'' ކެމްޕެއިނަށް ބޮޑު ތަރުހީބެއްކުޅިވަރު | 23 ދުވަސް ކުރިން