logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޑުއެހުމެއް މި މަހު 29 ގައި

އާމިނަތު ޝަފާ
17 ސެޕްޓެމްބަރު 2025 - 04:30
ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި
ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސައިގެ އަޑު އެހުމެއް އެ ކޯޓުގައި ތާވަލްކޮށްފިއެވެ.

ޔާމީންގެ މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ސްޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަ ބެލުމަށް ކުރިން ކޯޓުގެ ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ބަދަލުގައި މިހާރު ބެންޗުގައި އިންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުވަނީ ސުލޫކީ މައްސަލައެއްގައި ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.

މި މައްސަލައިގައި އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު ހެނދުނު 11:30 ގައެވެ.

އާރަށް ކުއްޔަށް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ވަކި މީހަކަށް އެ ރަށް ހޯދައިދޭން ރިޝްވަތު ނެގުމާއި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2022 ވަނަ އަހަރުއެވެ.

ނަމަވެސް މިދިޔަ އަހަރު އެ ހުކުމް ބާތިލުކޮށް ހައިކޯޓުން އެންގީ އެ މައްސަލަ އަކުން ބަލާށެވެެ. އަދި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ހައިކޯޓުން އޭރު އޮތީ ކަނޑައަޅާފައެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ބައި ވެސް ހަމަ އެ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އަޑުއެހުމެއް މި މަހު 29 ގައިޚަބަރު | 4 ގަޑިއިރު ކުރިން''ނަމުން ހުދުފޮތިކޮޅެއް، ކަމުން މާ ވަގެއް''ރިޕޯޓް | 5 ދުވަސް ކުރިންޔާމީންގެ އިތުރު އިއުތިރާފެއް: "ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު"ޚަބަރު | މަހެއް ކުރިންއެންމެފަހުން ޔާމީނަށް އެމްޑީޕީ ކަމުގޮސް ކީހާ ޅެން ފަރިއްސަށްރިޕޯޓް | މަހެއް ކުރިން